ލާޒިއޯއާއި މިލާން ވާދަކުރި ފުރަތަމަ ލެގަށް ހަމަހަމަ ނިމުމެއް

ކިޔުމަށް ހޭދަވާނީ 49ސ
ލާޒިއޯއާއި މިލާން ވާދަކުރި ފުރަތަމަ ލެގަށް ހަމަހަމަ ނިމުމެއް

އިޓަލީ ކަޕް ސެމީ ފައިނަލްގައި ލާޒިއޯއާއި އޭސީ މިލާން ބައްދަލުރި ފުރަތަމަ ލެގުގެ މެޗުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި، ހަމަހަމަވެގެން ނިމިއްޖެއެވެ.

މިލާންގެ ދަނޑުގައި ކުޅުނު މި ލެގުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް، މި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ލާޒިއޯގެ ފަރާތުންނެވެ. އެ ގޮތުން، ލާޒިއޯގެ ކިރޯ އިމޯބައިލްއާއި މިލިންކޮވިޗް ސަވިޗް ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި މިލާންގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާގެ ހުޝިޔާރުކަން ވެސް ފެނިގެން ގޮސްފައިވެއެވެ.

މި ދެ ޓީމު ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ ލެގުގެ މެޗު އޮންނާނީ ލާޒިއޯގެ ދަނޑުގައި މި ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުގައެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޔުވެންޓަސްއާއި އެޓެލާންޓާ ބައްދަލުކުރި މެޗު ނިމުނީ 0-1 ގެ ނަތީޖާއިން ޔުވެންޓަސް މޮޅުވެގެންނެވެ.

މިއަދު އޮންލައިން