އާސެނަލްއަށް ކުޅެމުން އައި ފްރާންސް ޓޮޕް ސްޓައިކަރު އޮލިވިއާ ޖިރޫ އެ ކްލަބްގެ ވާދަވެރި ޗެލްސީއަށް ބަދަލުވެއްޖެއެވެ.
ޗެލްސީގެ ރަސްމީ ވެބްސައިޓްގައި ޖިރޫ އެ ކްލަބަށް ބަދަލުވިކަން އަންގާފައިވާއިރު، ވެބްސައިޓްގައި ބުނެފައިވަނީ ޖިރޫ އެ ކްލަބާއެކު ސޮއިކޮށްފައިވަނީ ދޮޅު އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ކަމަށެވެ. ޗެލްސީއިން ޖިރޫ ގެނެސްފައިވަނީ 17 މިލިއަންޑް ޕައުންޑްގެ ޓްރާންސްފާ ފީއަކަށެވެ.
2012 ވަނަ އަަހަރު، ފްރާންސްގެ މޮންސްޕެލިއޭއިން ލަންޑަންގެ އާސެނަލްއަށް ބަދަލުވި ޖިރޫޑް ވަނީ އެ ކްލަބާއެކު އިނގިރޭސި އެފްއޭކަޕް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި އާސެނަލްއަށް ޖިރޫ ކުޅެދިން 253 މެޗުގައި ވަނީ 105 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ނިމިދިޔަ ފިނި މޫސުމުގެ ބާޒާރުގައި ޗެލްސީއިން ވަނީ ޖިރޫގެ އިތުރުން އެވަޓަންއަށް ކުޅެމުންދިޔަ މިޑްފިލްޑަރު ރޮސް ބާކްލީ އަދި ރޯމާއަށް ކުޅެމުންދިޔަ އެމަސަން ޕަލްމިއެރީ ވެސް ގެނެސްފައެވެ. އިނގިރޭސި ލީގުގައި ޗެލްސީ އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ.