މަހުލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ މިނިސްޓަރުންނާއި އިސް މަޤާމުތަކުގައި ތިބި ބޭފުޅުން ވެސް އިސްތިއުފާދީފައި އިދިކޮޅު ފަރާތްތަކާ ގުޅޭނެކަމަށާއި ރައީސް ޔާމީންގެ އަރިހުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ވަރަށް އަވަހަށް އިދިކޮޅު ފަރާތްތަކާ ގުޅޭނެކަމަށެވެ.
އެ ބޭފުޅުންނާއެކު މަޝްވަރާކުރައްވަމުން ގެންދާކަމަށް ވެސް މަހުލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
މަހުލޫފު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީން މީހުން ހައްޔަރުކޮށް އަނިޔާދީ ބިރުދެއްކި ދުވަސް ﷲ ގެ އިރާދަފުޅާއެކު މިހާރު މާޒީވެފައިވާކަމަށެވެ.
ސްޕްރީމް ކޯޓުން ރޭ އަމުރުކޮށްފައިވަނީ ސިޔާސީ ހުކުމް ތަންފީޒުކުރައްވަމުންގެންދާ ސިޔާސީ ބޭފުޅުން މިނިވަންކުރުމަށާއި ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށެވެ.
Hayyaru kuran amuru hoadhan Criminal Court, High Court adhi Rashu Court thakugai salaan jehumunves ekameh nuvi. Dictator Yameen. Meehun hayyarukoh jalah laigen aniyaadhee birudhekki dhuvas Allah Iraadhafulhaaeku dhen eyee maazee. Saabas dhivehi rayyithun