ރައީސް ޔާމީން ފުރައިވަޑައެއް ނުގަންނަވާ: ޕީޕީއެމް

ކިޔުމަށް ހޭދަވާނީ 57ސ
ރައީސް ޔާމީން ފުރައިވަޑައެއް ނުގަންނަވާ: ޕީޕީއެމް
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޓިކެޓަކީ އަސްލު ޓިކެޓެއް ނޫންކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރާއްޖެ ދޫކުރައްވައި ފުރައިވަޑައެއް ނުގަންނަވާނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

ޕީޕީއެމްއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަދި އެ ޕާޓީގެ ނައިބު ރައީސް ޢަބްދުލްރަހީމް ޢަބްދުﷲ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީން ސިންގަޕޫރަށް ފުރައިވަޑަންނަވާ ޓިކެޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާކަމަށާއި އެއީ އަސްލު ޓިކެޓެއް ނޫންކަމަށާއި އެއީ ބަޔަކު ހަދައިގެންއުޅޭ ޓިކެޓެއް ކަމަށެވެ.

ރައީސް ޔާމީނާ ވަރަށް ބޮޑަށް ތައުރީފުކުރައްވަމުން ޢަބްދުލްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ ކަނޑު ގަދަވީމަ އޮޑި ދޫކޮށްލައި ފައިބައިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށާއި ރައީސް ޔާމީނަކީ އަމާން އައްސޭރިއަކަށް ދަތުރުކުރައްވާނެ މާލިމީއެއް ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ބޭފުޅުން ވެސް ވަނީ ރައީސް ޔާމީން ފުރައިވަޑައިގަންނަވާ ވާހަކަ ދޮގުކުރައްވައި ވާހަކަފުޅު ދައްކަވައިފައެވެ.

މިއަދު އޮންލައިން