ސަރުކާރަށް ތާއީދުކުރާ އެއްވުމުގައި ރައީސް ޔާމީން ބައިވެރިވަޑައިގެންފި- ހުއްޓުވަން އެސްއޯ ފުލުހުން އަދި ނުދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ސަރުކާރަށް ތާއީދުކުރާ އެއްވުމުގައި ރައީސް ޔާމީން ބައިވެރިވަޑައިގެންފި- ހުއްޓުވަން އެސްއޯ ފުލުހުން އަދި ނުދޭ!
ސަރުކާރަށް ތާއީދުކޮށް މާލޭގައި ކުރިއަށް ގެންދާ އެއްވުމުގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފިއެވެ. އެއްވުން ކުރިއަށް ގެންދަނީ މާލޭ ވެސްޓް ޕާކް ސަރަހައްދުގައެވެ.

މާލޭގައި އެއްވެ އުޅުން ހުއްދަ އޮތީ އަލިމަސް ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެހެން ސަރަހައްދުތަކަށް އެއްވުމުން އެސްއޯ ފުލުހުން ގޮސް ހުރަސް އަޅާތަން ފެންނަމުން ދިއަ ނަމަވެސް މި އެއްވުމަށް އަދި ފުލުހުން ހުރަސް އަޅާފައެއް ނުވެއެވެ.



އިދިކޮޅު ފަރާތްތަކުގެ ބައްދަލުވުންތައް ބާއްވަން ފުރުޞަތު ނުދިން ނަމަވެސް މާލޭގެ މަގުތައް ބަންދުކޮށްގެން ބައްދަލުވުންތައް ބޭއްވުމުގެ ފުރުޞަތު ޕީޕީއެމަށް ދެމުން ގެންދާކަންވެސް ފާހަގަކުރެވެއެވެ.

ސަރުކާރުން ބުނަމުން ގެންދަނީ ސަރުކާރުން ކަންކަން ކުރަނީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ އުޞޫލުން ކަމަށެވެ.
މިއަދު އޮންލައިން