ބާންލީއިން މެންޗެސްޓާ ސިޓީ ހިފަހައްޓައިފި
އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ސިޓީ މޮޅުވިޔަ ނުދީ ބާންލީއިން ހިފަހައްޓައިފިއެވެ.
ބާންލީގެ ދަނޑުގައި ކުޅުނު މި މެޗު ނިމުނީ 1-1 ގެ ނަތީޖާއިންނެވެ.
މެޗު ފަށައިގެން ސިޓީގެ ފަރާތުން އެޓޭކިން ގޭމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވެސް ސިޓީއިންނެވެ. ސިޓީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ވަނަ މިނެޓުގައި ޑިފެންޑަރު ޑެނިލޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ޑެނިލޯގެ ލަނޑާއެކު ސިޓީ ލަނޑެއްގެ ލީޑުގައި އޮވެންނެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ސިޓީއިން ދިޔައީ ތަނަވަސް ކުރަމުންނެވެ. އެހެން ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި ސިޓީއަށް މެޗުގެ ލީޑު ފުޅާކޮށްލެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން، މެޗުގެ 82 ވަނަ މިނެޓުގައި ބާންލީގެ ޖޯން ބާގް ގުޑްމުންޑްސަން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
މި މެޗުގެ ނަތީޖާއާއެކު ބާންލީ އޮތީ ލީގު ތާވަލުގެ ހަތްވަނައިގައި ކުޅުނު 26 މެޗުން 36 ޕޮއިންޓް ލިބިގެންނެވެ. މެޗުން މޮޅު ނުވެވުނު ނަމަވެސް ސިޓީ އޮތީ ލީގު ތާވަލުގެ އެއްވަނައިގައި ކުޅުނު 26 މެޗުން 69 ޕޮއިންޓް ލިބިގެންނެވެ.