ނަމާދުނުކޮށް އަހަރުތަކެއްވީމާ އަނބުރާ އިޢާދަކުރާނީ ކިހިނެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ނަމާދުނުކޮށް އަހަރުތަކެއްވީމާ އަނބުރާ އިޢާދަކުރާނީ ކިހިނެއްތަ؟
ބައެއް މީހުން ނަމާދުނުކޮށް އަހަރުތަކެއް ފާއިތުކުރުމަށްފަހު ނަމާދުކުރަން ފަށައެވެ. އަދި ކުރިން ނުކުރެވިހުރި ނަމާދުތައް ކުރަންވެސް ބޭނުންވެއެވެ. އެހިނދު ކަންތައް ކުރަންޖެހޭނީ ކިހިނަކުން ކަމާއިމެދު ސުވާލު އުފައްދައެވެ.

ޖަވާބަކީ ނަމާދުނުކޮށް ފާއިތުވި އަހަރުތައް ބަލާށެވެ. އެ އަހަރުތަކުގެ ދުވަސްތަކުގެ އަދަދުން ނުކޮށް ދޫކޮށްލެވުނު ނަމާދުތަކުގެ އަދަދު ހޯދާށެވެ. އަދި ވީވަރަކުން އެ އަދަދަށް ނަމާދު ހަމަކުރެވޭތޯ އަވަހަށް މަސައްކަތް ފަށާށެވެ. އެ ހިސާބުން ނަމާދެއް ނުކޮށް ދޫކޮށްނުލާށެވެ. ގަދައަޅައި ހިތްވަރުކުރާށެވެ.

ހަމައެއާއިއެކު ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެ ރަކްއަތް ފަދަ ސަވާބުތައް ގިނައިން ލިބޭ ސުންނަތް ނަމާދުތައް ދޫކޮށްނުލާށެވެ. ފަތިސް ނަމާދުގެ އިހު ސުންނަތުގެ ދެރަކްޢަތަކީ މާތް ﷲ ގެ ޙަޟްރަތުގައި ދުނިޔެއާއި ދުނިޔޭގައި ވާހައިތަކެއްޗަށްވުރެ މުހިންމުކަން ބޮޑު ދެ ރަކްޢަތެވެ.

ހަމައެއާއިއެކު ގިނަގިނައިން ސުންނަތް ނަމާދުތައް ކުރަމުން ގެންދާށެވެ. ފަރުޟު ނަމާދު ކުރުމުން ފާފަތައް ފޮހެވިގެންދާ ފަދައިން ސުންނަތް ނަމާދުތައް ކުރުމުން ވެސް ފާފަތައް ފޮހެވިގެންދާނެއެވެ.

ގުޅުންހުރި އޯޑިއޯ:
މިއަދު އޮންލައިން