އިޙްތިރާމް ލިބޭނީ އިޙްތިރާމްކޮށްގެންނެވެ. ލޯބި ލިބޭނީ ލޯބި ދީގެންނެވެ. އަޑުގަދަކުރުމަކީ ނުވަތަ ބާރުގެ ބޭނުންކުރުމަކީ ސުވަރުގެ ވަދެވޭ ކަމެއް ނޫނެވެ.
މައިންބަފައިންނަށްވެސް ކިޔަމަންވާންޖެހޭނީ ކުރާ ހެޔޮ އަމުރުތަކަށެވެ. ބޭނުންހައި އަމުރެއް ކުރީމާ ކިޔަމަންވާކަށް ނުޖެހެއެވެ. އިބްރާހީމްގެފާނު ބައްޕައަށް ކިޔަމަންވެވަޑައި ނުގެންނެވީ އެސަބަބަށްޓަކައެވެ.
އަމިއްލަ އާއިލާއަށް ބެލި ނަމަވެސް ކަންކަން ހިނގާނީ ހަމަ މިއުޞޫލުންނެވެ. ދަރިންގެ ކިބައިން ލޯބި ލިބެން ބޭނުންނަމަ ލޯބިދޭންޖެހެއެވެ.
އޯގާތެރިވާންޖެހެއެވެ. ދަރިންގެ މެދުގައި އަދުލުވެރިވާންޖެހެއެވެ. މިކަންކަން ތިމާ ފުރިހަމަ ނުކޮށްހުރެ ދަރިންގެ ކިބައިން މިކަންކަމަށް ނުއެދޭށެވެ.
މިއީ ދުނިޔޭގައި މިކަން ހިނގާނެ ގޮތެވެ. ބަދަލެއް ނުގެނެވޭނެއެވެ. ކިތަންމެ ބޮޑު މީހެއް ނަމަވެސް އަދި ކިތަންމެ މަތީ މަޤާމެއްގައި ހުރި މީހަކު ނަމަވެސް އެހެން މީހުންގެ ލޯބި ހޯދަން ބޭނުންނަމަ ޖެހޭނީ ފުރަތަމަ ލޯބި ދޭށެވެ. އެހެން މީހުންނަށް އޯގާތެރިވާށެވެ. އަދުލުވެރިވާށެވެ.
މުފްތީ މެންކްގެ ދަރުސަކުން