ސަރުކާރުން ސަލާމަތްކުރަން އުޅެނީ މަޤާމް ގެއްލޭނެ މީހުންގެ ވަޒީފާ: މަޚްލޫފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ސަރުކާރުން ސަލާމަތްކުރަން އުޅެނީ މަޤާމް ގެއްލޭނެ މީހުންގެ ވަޒީފާ: މަޚްލޫފް
ސަރުކާރުން ސަލާމަތްކުރަން އުޅޭ ކަމަށް އެބުނަނީ މަޤާމު ގެއްލިގެންދާނެ ގިނަ ބައެއްގެ ވަޒީފާތައް ކަމަށް ގަލޮޅު ދެކުނު ޑާިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް ވިދާޅުވީ ފާއިތުވި 4 އަހަރަށް ބަަލައިފިނަމަ ތަފާތު ގިނަ ބައަކަށް ސަރުކާރުން އެކި ގޮތްގޮތުން ބިރު ދައްކާފައި ކަމަށާއި ނަމަވެސް އެ ބިރަށް އެއްވެސް މީހަކު ފަސްޖެހިފައި ނުވާ ކަމަށެވެ. އަދި ނުވެސް ޖެހޭނެ ކަމަށެވެ.

ަމަޚްލޫފް ވިދާޅުވީ އިއްޔެއަށްވުރެ ގިނައިން މިއަދު ސިފައިން މަޖިލިސް ކުރާ ގޭގައި ހަރަކާތްތެރިވަމުންދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި ސަބަބަކީ މިއަދަކީ މައްސަލަތަކެއް އިދިކޮޅުފަރާތްތަކުން މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ އޮތް ދުވަހެއް ކަމަށްވުމުން ކަމަށް ވެދާނެ ކަމަށެވެ. ހުރަސް އެޅިނަމަވެސް ހުށަހަޅަން ބޭނުންވާ ކަންކަން ހުށަހަޅަމުން ގެންދާނެ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.

"ވަދެވުނު ގޮތަކަށް މަޖިލީހުގެތެރެއަށް ވަންނާނަން. އެއީ ރައްޔިތުން އަޅުގަނޑުމެންނާ ހަވާލުކޮށްފައިވާ ޒިންމާއެއް. އެ ޒިންމާ އަދާކުރާނަން. ނެރެންޖެހޭނީ ތަޅާމަރައިގެން." ކަމަށްވެސް މަޚްލޫފް ވިޑާޅުވިއެވެ.

ގުޅުންހުރި އޯޑިއޯ:

މިއަދު އޮންލައިން