ސޫރަތުލް މުލްކު ގިނަގިނައިން ކިޔަވާ ވިދާޅުވުމަށް ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވެވި

ކިޔުމަށް ހޭދަވާނީ 1މ 2ސ
ސޫރަތުލް މުލްކު ގިނަގިނައިން ކިޔަވާ ވިދާޅުވުމަށް ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވެވި
ކީރިތި ޤުރްއާނަކީ މާތް ﷲ ގެ ވަޙީ ބަސްފުޅެވެ. އެފޮތުގައި ކުރިން ހިނގާފައިވާ ކަންކަމާއި މިހާރު ވަމުން އަންނަ ގޮތްތައް އަދި ފަހުން ވާނޭ ކަންކަންވެސް ބަޔާން ވެގެންވެއެވެ، އެފޮތުގައި އެއްވެސް އުނި އިތުރު ކަމެއް ނުވާއިރު، ކީރިތި ޤުރްއާނުގައި ހިމެނޭ ހުރިހާ ސޫރަތަކީ ވެސް މާތް ސޫރަތްތަކެވެ.

ސަވާބާއި ދަރުމަ ލިބިގެންވާ އެއް ސޫރަތަކީ ސޫރަތުލް މުލްކު އެވެ. މިއީ ކަށްވަޅުގެ ވޭންދެނިވި އަޒާބުން ސަލާމަތް ކުރެވޭ ސޫރަތެވެ.

ސޫރަތުލް މުލްކު ގިނަގިނައިން ކިޔަވާ ވިދާޅުވުމަށް އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) އިރުޝާދު ދެއްވާފައިވެއެވެ.

އެކަލޭގެފާނު ޙާދީޘްފުޅު ކުރައްވާފައިވަނީ ކޮންމެ މުސްލިމެއްގެ ހިތްތަކުގައި މިސޫރަތް (ސޫރަތުލް މުލްކު) ލެއްވުމަށް އެދި އެކަލޭގެފާނު މާތް ﷲ ޙަޟްރަތަށް ދުއާ ދަންނަވާ ކަމަށެވެ.

ރަސޫލާ (ޞޢޥ) ކޮންމެ ރެއަކުވެސް އަވަހާރަ ލެއްޕެވުމުގެ ކުރިން ސޫރަތުލް މުލްކު ކިޔަވާ ވިދާޅުވިއެވެ.

"ފަހެ މުސްލިމުންގެ ތެރެއިން އަަޅުކަން ކުރުމުގައި ފަރުވާ ކުޑަ ނުކޮށް ދެމި ހުންނަ މީސްތަކުންގެ ތެރެއިން ސޫރަތުލް މުލްކު ކިޔަވާ ވިދާޅުވާ ފަރާތްތަކުގެ ފާފަ ފުއްސެވުމަށް އެދި އެސޫރަތް މާތް ރަސްކަލާނގެ ހަޟްރަތުން ދަންނަވާނެތެވެ."

މިއަދު އޮންލައިން