އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފި
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރޭ ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ބުނެފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ސ.މީދޫ އަލީވާގެ އަބްދުﷲ ސައީދު އާއި ރެހެންދި ފްލެޓް 5-ބީ އަލީ ހަމީދު މުހައްމަދު އެ ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާއިރު ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސްވަނީ ހައްޔަރުކޮފައެވެ.

ފުލުހުން ކުރިން ބުނެފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން މާލެއިން ފްލެޓެއް ގަންނަން ހިންގެވި މުއާމަލާތުތަކުގެ ތެރެއިން، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ދެ ބޭފުޅަކު ހިންގެވި މުއާމަލާތްތަކުގައި ރިޝްވަތުގެ ތުހުމަތު ކުރާއިރު، އޭގެ ކިތާބީ ހެކި ހިމެނޭ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

ކުއްލި ހާލަތު އިއުލާން ކުރުމާއެކު، ސިފައިންނާއި ފުލުހުން ސުޕްރީމް ކޯޓަށް ވަދެ، އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރީ ގާތްގަނޑަކަށް ހަތް ގަޑިއިރު ފަހުންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ ދެބޭފުޅުންވެސް ފުލުހުންވަނީ ލޯންޗެއްގައި ދޫނިދު އަށް ގެންގޮސްފައެވެ.

މިއަދު އޮންލައިން