އަޖަލު ޖެހުމުން ފިރުއައުނަށް ހުރެވުނީ ލަޝްކަރުގެ އެންމެ ކުރީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަޖަލު ޖެހުމުން ފިރުއައުނަށް ހުރެވުނީ ލަޝްކަރުގެ އެންމެ ކުރީގަ!
ދުނިޔޭގައި މީހަކަށް ބޭނުންވާނެ ހުރިހާ ބާރުތަކެއް ލިބިގެންހުރި ފިރުއައުނަށް އޭނާގެ އަޖަލު ޖެހުނު ވަގުތު ހުރެވުނީ އޭނާގެ ލަޝްކަރުގެ އެންމެ ކުރީގައެވެ. މާތްﷲ ލަޝްކަރު ޣަރަޤުކުރެއްވެވި ވަގުތު އެންމެ ފުރަތަމަ ޣަރަޤުވެގެންދިއަ މީހުންގެ ތެރޭގައި ފިރުއައުނު ހިމެނުނެވެ.

ތިމާ ބޭނުންވި ހުރިހާ ނިޢުމަތްތަކެއް މާތްﷲ މިންވަރުފުޅު ކުރެއްވެވުމުން މީހާގެ ހައިޞިއްޔަތު ފިރުއައުނަށް އޮޅުނެވެ. އެހިސާބުން ކަލަކު ކަމަށް ދައުވާ ކުރަމުން އައި ފިރުއައުނަކީ ކޮންމެހެން އޭނާގެ ލަޝްކަރާއިއެކު ކޮމާންޑަރަކަށް ވެގެން މޫސާގެފާނުގެ ފަަހަތްޕުޅުން ދާންޖެހޭ މީހެއް ނޫނެވެ. ލަޝްކަރު ފޮނުވާފައި ބޮޑުކަންމަތީގައި ގަނޑުވަރުގައި ހުރެވެން އޮތް މީހެކެވެ.

ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. މޫސާގެފާނާއިމެދު ހިތުގައި އޮތް އަދާވާތްތެރިކަން އިންތިހާއަށް ގޮސްފައިވާތީ ބޭނުންވީ މޫސާގެފާނު އަތުލައިގަތުމަށް ފޮނުވި ލަޝްކަރާއިއެކު މޫސާގެފާނު އަތުލައިގަތުމަށް ދިއުމަށެވެ. ލަޝްކަރުން އަތުލައިގަނެގެން ގެންނަން ދެން މަޑުކޮށްލަންވެސް ބޭނުން ނުވީއެވެ.

އެއްވެސް މީހަކު މަރުވާނެ ވަގުތާއި މަރުވާނެ ގޮތަކާއި މަރުވާނެ ތަނެއް އެނގޭނެ އެއްވެސް މީހަކު ނުވެއެވެ. އެކަންކަން ދެނެވޮޑިގަތުން ވަނީ މާތް ﷲ އަށް ޚާއްޞަވގެންނެވެ.

މިކަންކަން މާތް ﷲ ވަނީ ކީރިތި ޤްރްއާނުގައި ބަޔާންކޮށް ދެއްވަވައިފައެވެ. އެކަންކަމާއިމެދު މީސްތަކުން ފިކުރުކޮށް ޢިބްރަތް ޙާޞިލުކުރުމަށެވެ. ކިތަންމެ ގިނަ ބާރުތަކެއް މާތް ﷲ ދެއްވަވާފައިވީ ނަމަވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެންމެހައި ބާރުތަކުން މަޙްރޫމް ކުރެއްވެވުމުގެ ކުޅަދުންވަންތަކަން މާތް ﷲ އަށް ލިބިވޮޑިގެންވާކަން ބަޔާންކޮށް ދެއްވެވުމަށެވެ. މަރުގެ ވަގުތު ޖެހުމުން ކުރެވޭނެ ހަމަ އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުއޮންނާނެކަން ބަޔާންކޮށްދެއްވެވުމަށެވެ.
މިއަދު އޮންލައިން