އދގެ ރެސިޑެންޓް ކޯޑިނޭޓަރާ އަހުމަދު މަހުލޫފު ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 12ސ
އދގެ ރެސިޑެންޓް ކޯޑިނޭޓަރާ އަހުމަދު މަހުލޫފު ބައްދަލުކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ (އދ) ގެ ރެސިޑެންޓް ކޯޑިނޭޓަރ ޝޮކޯ ނޮޑާއާ ބައްދަލުކުރައްވައިފިއެވެ.

މަހުލޫފު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތަކާ ބެހޭ ގޮތުން ޝޮކޯ ނޮޑާއާ ބައްދަލުކުރައްވައި މަޝްވަރާކޮށްފައިވާ ކަމަށެވެ. މަހުލޫފު ވަނީ ޝޮކޯ ނޮޑާއާއެކު ނަގާފައިވާ ފޮޓޮއެއް ވެސް އެ ޓްވީޓްގައި އަޕްލޯޑްކޮށްފައެވެ.

މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ސްޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އެ އަމުރުގައި މިނިވަންކުރުމަށް އަންގާފައިވާ އެއްވެސް ބޭފުޅަކު މިނިވަންނުކޮށް ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މި މަހުގެ ފަސްވަނަ ދުވަހުގެ ރެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު ސަރުކާރު ވައްޓާލަން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ފުލުހުން ވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދާއި ޖޫޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ހައްޔަރުކޮށްފައެވެ.







މިއަދު އޮންލައިން