ދެވަނަ ލެގު ވެސް ކާމިޔާބުކޮށް ބާސާ ސްޕެނިޝް ކަޕްގެ ފައިނަލަށް

ކިޔުމަށް ހޭދަވާނީ 55ސ
ދެވަނަ ލެގު ވެސް ކާމިޔާބުކޮށް ބާސާ ސްޕެނިޝް ކަޕްގެ ފައިނަލަށް
ސްޕެނިޝް ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި، ވެލެންސިއާގެ މައްޗަށް 0-2 ގެ ނަތީޖާއިން ކުރި ހޯދައި، މުބާރާތުގެ ފައިނަލަށް ބާސެލޯނާއިން ދަތުރުކޮށްފިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލްގައި މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 0-1 ގެ ނަތީޖާއިން ބާސާ މޮޅުވެގެންނެވެ. ރޭގެ މެޗުގެ ނަތީޖާއާއެކު، މުބާރާތުގެ ފައިނަލަށް ބާސާއިން ދަތުރުކުރީ ވެލެންސިއާގެ މައްޗަށް 0-3 ގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދައިގެންނެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ބާސާގެ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 49 ވަނަ މިނެޓުގައި ފިލިޕޭ ކުޓީނިއޯއެވެ. ނިމިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ލިވަޕޫލް ދޫކޮށް ބާސާއަށް ބަދަލުވި ކުޓީނިއޯ މިއީ ބާސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ބާސާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 82 ވަނަ މިނެޓުގައި އިވާން ރަކިޓިޗް އެވެ.

މުބާރާތުގެ ފައިނަލްގައި ބާސާ ބައްދަލުކުރަންޖެހޭނީ ސެވިއްޔާއާ ދެކޮޅަށެވެ. މިދިޔަ ތިން ފަހަރު ވެސް ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައިވަނީ ބާސާއިންނެވެ.
މިއަދު އޮންލައިން