ރާއްޖެ އޮތީ ސީރިޔާ ފަދަ ޤައުމަކަށް ބަދަލުވުމުގެ މަގުމަތީގަ: މަޚްލޫފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ރާއްޖެ އޮތީ ސީރިޔާ ފަދަ ޤައުމަކަށް ބަދަލުވުމުގެ މަގުމަތީގަ: މަޚްލޫފް
މިހާރު ރާއްޖެ މިއޮތީ ސިރިޔާ ފަދަ ޤައުމަކަށް ބަދަލުވުމުގެ މަތީގައި ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް ވިދާޅުވީ ދުނިޔޭގައި ޓެރަރިޒަމްގެ އަމަލުތައް ހިންގަމުން އަންނަ ސީރިޔާ ފަދަ ޤައުމުތަކުގައިވެސް އެހާލަތު ޢާންމުވީ ކުއްލިއަކަށް ނޫން ކަމަށާއި ރައްޔިތުންގެ މާޔޫސްކަން އިތުރުވަމުން ގޮސް ކޮޅުން ލުމުން ކަމަށާއި ރާއްޖޭގެ ކަންކަން ވެސް މިހާރު ދަތުރުކުރަމުން މިދަނީ އެ މިސްރާބަށް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މަޚްލޫފް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި ތިބި އިދިކޮޅު މެންބަރުން ހުއްޓުވަން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން 19 ވަރަކަށް މެންބަރުން ކޮންމެވެސް ތުހުމަތެއްގައި ބަންދުކޮށް މަޖިލީހަށް ހާޒިރު ނުވެވޭނެ ގޮތް ހަދާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެ މިސްރާބަށް ރާއްޖޭގެ ކަންކަން ދާން ފަށާފައިވުމުން ރާއްޖޭގައި ޤާނޫނީ ވެރިކަމެއް މިސަރުކާރުން ކުރާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.
މިއަދު އޮންލައިން