މިއީ "އިސްލާމިކް ނޮލްޖް ވައިބާ ގްރޫޕް އަށް ބައެއް ފަރާތްތަކުން ފޮނުވާފައިވާ ބައެއް ސުވާލުތަކާއި އޭގެ ޖަވާބެވެ.
މިސުވާލުތަކަށް ޖަވާބު ދެއްވީ މައްޝޫރު ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޑރ. މުޙައްމަދު އިޔާޛް އަބްދުލް ލަތީފު އެވެ.
* ސުވާލު- ނަމާދަށް ހުންނައިރު އަވި އައިނު އަޅައިގެން ނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއް؟
ޖަވާބު- މައްސަލައެއް ނޫން
*ސުވާލު- ޙައިޟުގެ ދުވަސްވަރު ކީރިތި ޤުރްއާނުގެ ތަރުޖަމާގައި އަތްލެވޭނެތޯ؟
ޖަވާބު- އާޔަތް ލިޔެފައި ހުންނަ ނަމަ އަތް ނުލުން ރަނގަޅީ
*ސުވާލު- ހުކުރު ހުޠުބާ ކިޔަމުން ދާއިރު މިސްކިތުގެ ބައެއް ހިސާބުތަކަށް އަޑު އަންނަނީ ވަރަށް މަޑުން. އެހެންވެ ހުޠުބާގަ ކިޔާ އެއްޗެއް ރަނގަޅަށް ސާފެއް ނުވޭ. މިގޮތަށް އަޑު އަންނަމުން ދާއިރު، އެހުޠުބާ ފޯނުން ބަލަމުން ދިޔުމަކީ ކޮންކަހަލަ ކަމެއްތޯ؟
ޖަވާބު- އެންމެ ރަނގަޅު ކަމެއް
*ސުވާލު- ކައިވެންޏަށް ތައްޔާރު ވުމަށްޓަކައި، ވަރަން ޚާއްސަ ފެނެއް އޮވޭތޯ؟ އޮންނަ ނަމަ އެކަން ކުރާ ގޮތް ވިދާޅުވެދެއްވާ
ޖަވާބު- ތިޔަފަދަ ކަމެއް ކުރާކަށް ނޯވޭ
*ސުވާލު- ގިނަ މަސްތަކެއް ވަންދެން ފިރިމީހާގެ އެއްވެސް އަޅާލުމެއް ނެތި، ލޯތްބެއް ނުލިބި ޚަރަދެއް ވެސް ނުކޮށް ހުރުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި މިކައިވެނި ސައްޙަ ވާނެތޯ؟
ޖަވާބު- އަނބިމީހާއަށް އަޅާލުމާއި ލޯބިދިނުމާއި ޚަރަދު ކުރުމަކީ ފިރިމީހާ ކުރަން ޖެހޭނެ ކަމެއް.