އަދަބީ ފެސްޓިވަލެއްގައި ބައިވެރިވާން ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގަންނަވަނީ

ކިޔުމަށް ހޭދަވާނީ 53ސ
އަދަބީ ފެސްޓިވަލެއްގައި ބައިވެރިވާން ރައީސް ނަޝީދު އިންޑިއާ އަށް ވަޑައިގަންނަވަނީ
އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ދަ ހިންދޫ" އިން އިންތިޒާމްކުރާ އަދަބީ ފެސްޓިވަލެއްގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަންނަ ހަފްތާގައި އިންޑިއާ އަށް ވަޑައިގަތުމަށް ނިންމައިފިއެވެ.

ރައީސް ނަޝީދު އިންޑިއާގެ ބެންގަލޫރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ 17 ވާ ހޮނިހިރު ދުވަހުއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު ހުރިގޮތުން ކަންބޮޑުވުން ފާޅު ކުރައްވާ، ސިޔާސީ ގޮތުން ނުފޫޒުގަދަ ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކޮށް ދިނުމަށް، އިންޑިއާ ގެ އެހީތެރިކަމަށް ރައީސް ނަޝީދު ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެދިވަޑައިގެންފައެވެ.

ޓެރަރިޒަމްގެ ދައުވާ ރައީސް ނަޝީދުގެ މައްޗަށް ސާބިތުވެ، އެމަނިކުފާނު ޖަލަށްލުމަށް ހުކުމް ކުރި ފަހުން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން ރައީސް ނަޝިދުވަނީ އިނގިރޭސިވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވާފައެވެ. އޭގެފަހުން މީގެ ކުރިން އެއްފަހަރު ރައީސް ނަޝީދުވަނީ އިންޑިއާ އަށް ވަޑައިގެންފައެވެ.

މިއަދު އޮންލައިން