ލާޒިއޯ ބަލިކޮށް ނަޕޯލީ އަލުން އެއްވަނައަށް
އިޓަލީ ލީގުގައި 1-4 ގެ ނަތީޖާއިން ފަސޭހަކަމާއެކު ލާޒިއޯ ބަލިކޮށް ލީގު ތާވަލުގެ އެއްވަނައަށް ނަޕޯލީ އަލުން ޖެހިލައިފިއެވެ.
ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗުގެ 3 ވަނަ މިނެޓުގައި ސްޓީފަންޑެ ވްރިޖްގެ ލަނޑުން ލާޒިއޯއިން ލީޑު ނެގި ނަމަވެސް މެޗުގެ 43 ވަނަ މިނެޓުގައި ހޯސޭ ކަލެޖޯން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މި މެޗުގައި ފުރަތަމަ ފަހަރަށް ނަޕޯލީއަށް ލީޑު ނެގުނީ މެޗުގެ 54 ވަނަ މިނެޓުގައި ލާޒިއޯގެ ވެލޭސް އަތުން ބައި ކޮޅަށް ވަން ލަނޑަކުންނެވެ. ނަޕޯލީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 56 ވަނަ މިނެޓުގައި މާރިއޯ ރުއީއެވެ. މެޗުގައި ފެނިގެންދިޔަ ނަޕޯލީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 73 ވަނަ މިނެޓުގައި ޑްރައިސް މާޓެންސް އެވެ.
ރޭ މެޗުުން މޮޅުވުމާއެކު، ލީގު ތާވަލުގެ އެއްވަނައިގައި ނަޕޯލީ އޮތީ ކުޅުނު 24 މެޗުން 63 ޕޮއިންޓް ލިބިގެންނެވެ. ރޭގެ މެޗުން ބަލިވި ލާޒިއޯ އޮތީ ކުޅުނު 24 މެޗުން 46 ޕޮއިންޓް ލިބިގެން ތިންވަނައިގައެވެ. ފަހުގެ ޗެމްޕިއަން ޔުވެންޓަސް އޮތީ ކުޅުނު 24 މެޗުން 62 ޕޮއިންޓް ލިބިގެން ދެވަނައިގައެވެ.