ފަސޭހަކަމާއެކު ބަސެލް ބަލިކޮށް ސިޓީ ކުއާޓާއާ ގާތަށް

ކިޔުމަށް ހޭދަވާނީ 52ސ
ފަސޭހަކަމާއެކު ބަސެލް ބަލިކޮށް ސިޓީ ކުއާޓާއާ ގާތަށް
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އެފްސީ ބަސެލް ބަލިކޮށް މެންޗެސްޓާ ސިޓީއިން މުބާރާތުގެ ކުއާޓާ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ސިޓީ ކުޅުނު މި މެޗުން ބަސެލް ބަލިކުރީ ފަސޭހަކަމާއެކު 0-4 ގެ ނަތީޖާއިންނެވެ. ސިޓީއިން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 14 ވަނަ މިނެޓުގައި އިލްކޭ ގުންޑޮގަން ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 18 ވަނަ މިނެޓުގައި ބާނާޑޯ ސިލްވާއެވެ. މެޗުގެ 23 ވަނަ މިނެޓުގައި ސާޖިއޯ އަގުއޭރޯ ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. މެޗުގައި ފެނިގެންދިޔަ ސިޓީގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 53 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ގުންޑޮގަންއެވެ.

ރަށުން ބޭރުގައި ކުޅުނު ލެގު ފަސޭހަކަމާއެކު ބޮޑު ފަރަޤަކުން ކާމިޔާބުކުރެވުމާއެކު ސިޓީއަށް ވަނީ ކުއާޓާ ދަތުރުކުރުމުގެ އުންމީދު ބޮޑުވެފައެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު މެޗު އޮންނާނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގެ ރޭ ސިޓީގެ ދަނޑުގައެވެ. މުބާރާތުގެ ކުއާޓާއަށް ދަތުރުކުރާނީ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދާ ޓީމެވެ.
މިއަދު އޮންލައިން