ޝެއިޚް އިމްރާން ދޫކޮށްލަން އދ. ގެ ވޯކިން ގްރޫޕަކުން ގޮވާލައިފި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ޝެއިޚް އިމްރާން ދޫކޮށްލަން އދ. ގެ ވޯކިން ގްރޫޕަކުން ގޮވާލައިފި
އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވަގުތުން ދޫކޮށްލުމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން (ޔޫ.އެން.ޑަބްލިއު.އޯ.އޭ.ޑީ) އިން ދިވެހި ސަރުކާރަށް މިއަދު ގޮވާލައިފިއެވެ.

ޝެއިޚް އިމްރާންގެ މައްސަލަ އދ. ގެ ވޯކިން ގްރޫޕަށް ހުށަހެޅީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން 2016 ވަނަ އަހަރުއެވެ. މައްސަލަ ހުށަހެޅިފަހުން، އެގްރޫޕްގެ ބައެއް އޮފިޝަލުން ވަނީ ރާއްޖެ ވަޑައިގެން ސަރުކާރާއި ކަމާ ބެހޭ އެހެން އިދާރާތަކާއި މިމައްސަލައާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

މިމައްސަލަ ބަލާ، މަޝްވަރާތައް ކުރުމަށްފަހު އދ. ގެ ވޯކިން ގްރޫޕުން ނިންމާފައިވަނީ، ޝެއިޚް އިމްރާން އަށް 12 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ ބޭއިންސާފުން ކަމަށާއި ވީހާވެސް އަވަހަކަށް ޝެއިޚް އިމްރާން ދޫކޮށްލުމަށެވެ.

މިކަމާ ގުޅޭގޮތުން އދ. ގެ ވޯކިން ގްރޫޕުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ޝެއިޚް އިމްެރާން ބަންދު ކުރިގޮތް އެގްރޫޕުން ވަރަށް ރަނގަޅަށް ދިރާސާ ކޮށްފައިވާ ކަމަށާއި ސަރުކާރުން އެކަން ކޮށްފައިވަނީ ބައިނަލްއަގްވާމީ ޤާނޫނުތަކާއި އެއްބަސްވެފައިވާ މުއާހަދާތަކާ ވެސް ހިލާފަށް ކަމަށެވެ.

އިންސާނިއްޔަތާ ޚިލާފުމާއި އަނިޔާވެރިވުންފަދަ ކަންކަމާ ގުޅޭ އދ. ގެ ޚާއްސަ މަންދޫބުންނާ ހިއްސާކޮށްފައިވާ ކަމަށް ވެސް އދ. ގެ ވޯކިން ގްރޫޕްގެ އެރިޕޯޓުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން