ފަސޭހަކަމާއެކު ޕޯޓޯ ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލާ ގާތަށް

ކިޔުމަށް ހޭދަވާނީ 43ސ
ފަސޭހަކަމާއެކު ޕޯޓޯ ބަލިކޮށް ލިވަޕޫލް ކުއާޓާ ފައިނަލާ ގާތަށް
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ފަސޭހަކަމާއެކު ޕޯޓޯ ބަލިކޮށް ކުއާޓާ ފައިނަލާ ގާތަށް ލިވަޕޫލް ޖެހިލައިފިއެވެ. ރަށުން ބޭރުގައި ކުޅުނު މި ލެގު ލިވަޕޫލުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 0-5 ގެ ތާފާތު ބޮޑު ނަތީއާއަކުންނެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ސާޑިއޯ މާނޭއެވެ. ސާޑިއޯ މާނޭ ވަނީ މި މެޗުގައި އިތުރު ދެ ލަނޑު ޖަހައި ހެޓްރިކެއް ފުރިހަމަކޮށްފައެވެ. ލިވަޕޫލްގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހާއި ރޮބާޓޯ ފަމީނިއޯއެވެ.


ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު އޮންނާނީ އަންނަ މާޗު މަހުގެ ހަތްވަނަ ދުވަހު ލިވަޕޫލްގެ ދަނޑުގައެވެ. ބޮޑު ތަފާތަކުން ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގު ކާމިޔާބުކުރުމުން ލިވަޕޫލް ވަނީ ގާތްގަނޑަކަށް ކުއާޓާ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ.
މިއަދު އޮންލައިން