ޝައިޚް އިމްރާން މިނިވަންކުރަން ޙުކުމް ކުރީންސުރެ ދިރިހުންނެވިކަމެއްވެސް ނުއެނގޭ: އަދާލަތު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ޝައިޚް އިމްރާން މިނިވަންކުރަން ޙުކުމް ކުރީންސުރެ ދިރިހުންނެވިކަމެއްވެސް ނުއެނގޭ: އަދާލަތު
އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ މިނިވަން ކުރަން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ޙުކުމް ކުރީންސުރެ އެމަނިކުފާނު ދިރިހުންނެވިކަންވެސް ވަކީލުންނަށާއި ޢާއިލާއަށް ނުއެނގޭ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ ނައިބް ރައީސް އަދި ޝައިޚް އިމްރާންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޢަލީ ޒާހިރު މިއަދު ވިދާޅުވީ ސްޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ކުރި އަމުރުގައި ޝައިޚް އިމްރާން މިނިވަން ކުރަން ހިމެނި ވަގުތުން ފެށިގެން ޝައިޚް އިމްރާންގެ ވަކީލަކަށްވެސް އަދި ޢާއިލާގެ ބޭފުޅަކަށްވެސް ޝައިޚް އިމްރާން އާއި ބައްދަލުނުކުރެއްވޭ ކަމަށެވެ. އެހެންކަމުން ޝައިޚް އިމްރާންގެ ޙާލުކޮޅާއިބެހޭ އެއްވެސް މައުލޫމާތެއް މިހާރު ނުލިބޭ ކަމަށެވެ.

"ޝައިޚް އިމްރާންގެ ޙާލުކޮޅު ރަނގަޅެއް ނޫން. އެހެންކަމުން ޙާލުކޮޅު ނުއެނގުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް، ވިދާޅުވޭ ބައްދަލުކުރެވޭނެ ކަމަށް. ނަމަވެސް އެންމެ ފަހުވަގުތު ކޮންމެވެސް ބަހަނާއެއް ދައްކާފައި ކެންސަލް ކުރަނީ. ބައްދަލުކުރެވޭނެ ގޮތެއް ނުވޭ."

އަލީ ޒާހިރު ވަނީ ޝައިޚް އިމްރާނުގެ ޝަރީއަތް ހިންގުމުގައި ކޮށްފައިވާ ޤާނޫނާއި ޚިލާފް ކަންތައްތައް ފާހަގަކުރައްވައިފައެވެ.

ގުޅުންހުރި އަޑު:
މިއަދު އޮންލައިން