ރައީސް ނަޝީދު ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސިތަރާމަން އާއި ބައްދަލުކުރެއްވި ފޮޓޯ ޓްވީތްކުރައްވައިފައެވެ. ނަމަވެސް މަޝްވަރާ ކުރެއްވި ކަންކަމާއިބެހޭ އިތުރު ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.
ރައީސް ނަޝީދު އެކަމަނާ އާއި ބައްދަލުކުރައްވާފައިމިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި އިންޑިއާގެ އެހީތެރިކަމަށް އިދިކޮޅު ފަރާތްތަކުން އެދެމުން ގެންދާ ވަގުތެއްގައެވެ. އިދިކޮޅު ފަރާތްތަކުން އެދެމުން ގެންދަނީ އިންޑިއާގެ މަންދޫބަކު ރާއްޖެ ފޮނުވައި ދިނުމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި މިހާރު ހުރި މައްސަލަތައް ހައްލުކުރެވޭނީ ބައިނަލްއަޤްވާމީ އެހީތެރިކަމާއިއެކުގައި ކަމަށެވެ.
ރާއްޖޭގައި މިހާރު އުފެދިފައިވާ މައްސަލަތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކާއިއެކު މަޝްވަރާކުރަން ބޭނުންވާކަން ހާމަކޮށް ސަރުކާރުން ވަނީ މަަޝްވަރާތަކަށް އިދިކޮޅު ފަރާތްތަކަށް ދައުވަތުދީފައެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ސީދާ ސަރުކާރާއިއެކު މަޝްވަރާކުރަން ބޭނުން ނުވާ ކަމަށެވެ.
މަޝްވަރާތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްދިނުމަށް އދ އަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި ހުށަހެޅުން އދ އިން މިހާރު ވަނީ ބަލައިގެންފައެވެ.
Pleasure to meet and brief Indian Minister of Defence H.E @nsitharaman on the situation in the #Maldives. pic.twitter.com/tsj2qIObJs
— Mohamed Nasheed (@MohamedNasheed) February 18, 2018