ނަޕޯލީއާއި ޔުވެންޓަސްއަށް ވެސް ހަނި މޮޅެއް

ކިޔުމަށް ހޭދަވާނީ 54ސ
ނަޕޯލީއާއި ޔުވެންޓަސްއަށް ވެސް ހަނި މޮޅެއް

އިޓަލީ ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ލީގު ތާވަލުގެ އެންމެ ކުރީގައި އުޅޭ ދެ ޓީމުކަމަށްވާ ނަޕޯލީއާއި ޔުވެންޓަސް ކުޅުނު މެޗުތަކުން އެ ދެ ޓީމު މޮޅުވެއްޖެއެވެ.

ލީގުގައި ނަޕޯލީއާއި ސްޕަލްއާ ބައްދަލުކުރި މެޗުން ނަޕޯލީ ކާމިޔާބުކުރީ 0-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ނަޕޯލީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 6 ވަނަ މިނެޓުގައި އެލެންއެވެ.
ޓޮރިނޯއާ ދެކޮޅަށް ޔުވެންޓަސް ބައްދަލުކުރި މެޗުން ޔުވެންޓަސް ވެސް ކާމިޔާބުކުރީ ހަނި ގޮތަކުން 0-1 ގެ ނަތީޖާއިންނެވެ. ޓޮރިނޯ ސިޓީގެ ދެ ޓީމު ބައްދަލުކުރި މި ލީގު މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ މެޗުގެ 33 ވަނަ އަލެކްސް ސަންޑްރޭއެވެ.

ރޭގެ މެޗުތަކުގެ ނަތީޖާއިން ލީގު ތާވަލުގެ އެއްވަނައިގައި ނަޕޯލީ އޮތީ ކުޅުނު 25 މެޗުން 66 ޕޮއިންޓް ލިބިގެންނެވެ. ނަޕޯލީގެ ފަހަތުން ޔުވެންޓަސް ދެވަނައިގައި ވިއްދާލާފައި އޮތީ ކުޅުނު 25 މެޗުން 65 ޕޮއިންޓް ލިބިގެންނެވެ.

އިޓަލީ ލީގުގައި ނަޕޯލީ ދެން ބައްދަލުކުރަންޖެހޭނީ ކަގްލިއާރީއާއެވެ. ޔުވެންޓަސް ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ.
މިއަދު އޮންލައިން