އިންޑިއާ އިން ރާއްޖެއާމެދު ބަސް ބުނީ މަޝްވަރާކޮށްފަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
އިންޑިއާ އިން ރާއްޖެއާމެދު ބަސް ބުނީ މަޝްވަރާކޮށްފަ
ރާއްޖޭގައި މިމަހުގެ 5 ވަނަ ދުވަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ޙާލަތު 30 ދުވަހަށް އިތުރުކުރުމާއި އިންތިހާއަށް ކަންބޮޑުވެ ބަސްބުނީ ދިވެހި ސަރުކާރާއި މަޝްވަރާކުރުމަށްފަހު ކަމަށް އިންޑިއާ އިން ބުނެފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދެއްވި ސަރުކާރުގެ އިސް އޮފިޝަލުން ވިދާޅުވެފައިވަނީ ރާއްޖޭގައި ހުންނަވާ އިންޑިއާ ހައިކޮމިޝަނަރު އަކިލޭޝް މިޝްރާ ބުދަ ދުވަހު ރާއްޖޭގެ ފޮރިން ސެކެޓްރީ އަޙްމަދު ސަރީރު އާއި ބައްދަލުކުރެއްވީ އިންޑިއާގެ ކަންބޮޑުވުންތައް ހުށަހަޅުއްވަން ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް އިތުރުކުރީމާ އިންޑިއާ އިން ހަމައެކަނި ކަންބޮޑުވީއެއް ނޫން. ކަންބޮޑުވުމަށްވުރެ މާ ހޫނު މައްސަލައެއް މިއީ. އެހެންވީމާ ހޫނުކޮށް ބަސް ބުނަންޖެހެނީ. އަނބިން ވެސް ދަރިން ވެސް ކުށް ކުރީމާ ކުރި ކުށުގެ ނިޞްބަތުން ރުޅި އަންނަނީ ލޯބި ނުވަތީއެއް ނޫން. ލޯބިވާތީ." ކަމަށް އިންޑިއާގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިކަމުގައި އަދި މިހައިތަނަށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ފާހަގަކުރަންޖެހޭ ކަމަކީ އިންޑިއާގެ ކަންބޮޑުވުންތައް ފައުޅުކުރަންފެށީ ސަފީރު މިިޝްރާ، ފޮރިން ސެކެޓްރީ ސަރީރު އާ ބައްދަލުކުރެއްވިތާ 2 ގަޑިއިރު ފަހުން ކަމެވެ.
މިއަދު އޮންލައިން