ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓަންޖެހޭ އެއްވެސް ސަބަބެއް ރާއްޖެއަކު ނެތް: އިންޑިއާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓަންޖެހޭ އެއްވެސް ސަބަބެއް ރާއްޖެއަކު ނެތް: އިންޑިއާ
ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކޮށް ދަމަހައްޓަންޖެހޭ އެއްވެސް ސަބަބެއް ރާއްޖޭގައި ނެތް ކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން އިއްޔެ މިމޭރުމުން ބުނެފައިވާއިރު އިތުރަށް ބުނެފައިވަނީ ރާއްޖޭގައި ޑިމޮކްރަސީގެ އުޞޫލުތައް ފުރިހަމައަށް ދަމަހައްޓަން އިންޑިއާއިން ވަރަށް އިޚްލާޞްތެރިކަމާއިއެކު އެދޭ ކަމަށެވެ.

"ޑިމޮކްރަސީ ޤާއިމުކޮށް ޢާންމު ހާލަތުގައި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމަކީ ރާއްޖޭގެ ކިބައިން އިންޑިއާ "ވަރަށް އިޚްލާޞްތެރިކަމާއެކު" އެދޭ ކަމެއް" ކަމަށް ވެސް އިންޑިއާ އިން ވަނީ ބުނެފައެވެ.

އިއްޔެވެސް އިންޑިއާ އިން ވަނީ ސްޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހު ކޮށްފައިވާ އަމުރު އަޞްލާއި އެއްގޮތަށް ވަގުތުން ތަންފީޒުކުރުމަށާއި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރާއި ސިޔާސީ ބޭފުޅުން ވަގުތުން މިނިވަން ކުރުމަށް ވެސް ސަރުކާރަށް ގޮވާލައިފައެވެ.

ރާއްޖޭގެ ކަންކަމަށް އިންޑިއާ އިން ބަސް ބުނަމުން ގެންދަނީ ރާއްޖޭގެ ޙާލަތު ނުއެނގިތިބެ ކަމަށް ދިވެހި ޚާރިޖިއްޔާއިން ބުނި ނަމަވެސް ރާއްޖޭގެ ޙާލަތު ދިވެހި ސަރުކާރަށްވުރެ ބޮޑަށް އިންޑިއާއަށް އެނގޭކަން ފާހަގަކުރެވެއެވެ.
މިއަދު އޮންލައިން