ކާމިޔާބަށް އެދޭނަމަ ގެއިން ނުކުންނައިރު މާތް ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެންޖެހޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ކާމިޔާބަށް އެދޭނަމަ ގެއިން ނުކުންނައިރު މާތް ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެންޖެހޭ
"ގެއިން ނުކުންނައިރު ކިޔަންޖެހޭ ދުޢާ ކިޔައިގެން ނުކުމެގެންދާއިރު ޝައިޠާނުން ބުނާނެއެވެ. އޭނާއާއި ހަމައަށް އަހަރެމެންނަށް ވާސިލްވެވޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާ އެހެރީ މާތްﷲގެ ހަޟްރަތުން ހިމާޔަތް ހޯދައިގެންނެވެ."

ދިރިއުޅުމުގެ ގިނަ ބޭނުންތަކެއް ފުއްދެނީ ގެއިން ބޭރަށް ނުކުމެގެންނެވެ. އާމްދަނީ ހޯދަން މަސައްކަތްކުރުމާއި އަދި ދިރިއުޅުމާއި ގުޅުންހުރި ހަމަ ހުރިހައި ކަންކަމެއްގައިހެން ގެއިން ބޭރަށް ނުކުންނަން ޖެހެއެވެ.

ގެއިން ބޭރަށް ނުކުންނައިރު ކިޔަންޖެހޭ ދުޢާތައް އެބަހުއްޓެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ އެފަދަ ގިނަ ދުޢާތަކެއް ދަސްކޮށް ދެއްވަވައިފައެވެ.

އެ ދުޢާތައް ކިޔަންޖެހެނީ ކީއްވެގެންހެއްޔެވެ؟ އެ ދުޢާތައް ކިޔަންޖެހޭ ސަބަބުތައް ވަރަށް ގިނައެވެ. އެންމެ ބޮޑު އެއް ސަބަބަކީ މާތް ﷲ އަށް ތަވައްކަލް ކުރުމެވެ. މާތް ﷲ އަށް ތަވައްކަލް ކުރަންޖެހެނީ ކީއްވެގެންތޯއެވެ! އެންމެހައި ނިއުމަތްތައް މިންވަރުފުޅު ކުރައްވަވަނީ މާތް ﷲ ކަމަށްވާތީއެވެ.

ކިތަންމެ ބޮޑު ބޭނުމަކު ގެއިން ނުކުމެގެން ދިއަ ނަމަވެސް އެކަމެއް ހާޞިލުވުން ވަނީ މާތް ﷲ ގެ އަތްޕުޅުމަތީގައެވެ. އެންމެ އާދައިގެ ކަމަކަށް ބަލައިފިނަމަ ވަޒިފާއެއް ލިބޭތޯ ދިއަ ނަމަވެސްމެއެވެ. ތިބާގެ ކިބައިގައި ކިތަންމެ މޮޅުކަމެއް ހުރިނަމަވެސް އެ ވަޒީފާއެއް ލިބޭނީ އެކަމަށް މާތް ﷲ މިންވަރުފުޅު ކުރެއްވެވުމުންނެވެ. އެހެން ކަންކަމުގައިވެސް އޮތީ ހަމަ މިގޮތެވެ.

ގެއިން ނުކުންނައިރު ދުޢާކުރަން ކޮންމެހެން ޖެހޭ ދެވަނަ ސަބަަބަކީ ޝައިޠާނާގެ ކިބައިން ސަލާމަތްވުމެވެ. "ގެއިން ނުކުންނައިރު ކިޔަންޖެހޭ ދުޢާ ކިޔައިގެން ނުކުމެގެންދާއިރު ޝައިޠާނުން ބުނާނެއެވެ. އޭނާއާއި ހަމައަށް އަހަރެމެންނަށް ވާސިލްވެވޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާ އެހެރީ މާތް ﷲ ގެ ހަޟްރަތުން ހިމާޔަތް ހޯދައިގެންނެވެ."

ކަން އޮތީ މިހެން ނަމަވެސް އަހަރެމެންގެ ތެރެއިން މިކަމަށް ސަމާލުކަން ދެނީ ހާދަ މަދުބައެކެވެ. މިނިޓެއްހައި އިރުން ކިޔައިލެވޭ ދުޢާއެއް ކޮށްލަންވެސް ވަގުތުކޮޅެއް އޮންނަ ކަމަކަށް ނުވެއެވެ.

ގުޅުންހުރި ދަރުސް:
މިއަދު އޮންލައިން