ވާދަވެރި ޗެލްސީ ބަލިކޮށް ޔުނައިޓެޑް އަލުން ލީގުގެ ދެވަނައަށް

ކިޔުމަށް ހޭދަވާނީ 1މ 1ސ
ވާދަވެރި ޗެލްސީ ބަލިކޮށް ޔުނައިޓެޑް އަލުން ލީގުގެ ދެވަނައަށް
އިނގިރޭސި ޕްރެމިއާ ލީގުގައި ވާދަވެރި ޗެލްސީއާ ބައްދަލުރި މެޗުން މޮޅުވެ ލީގު ތާވަލުގެ ދެވަނައަށް އަލުން މެންޗެސްޓާ ޔުނައިޓެޑް ޖެހިލައިފިއެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް މޮޅުވީ ފަހަތުން އަރާ 1-2 ގެ ނަތީޖާއިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޗެލްސީއިންނެވެ. ޗެލްސީއަށް މި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 32 ވަނަ މިނެޓުގައި ވިލިއަންއެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.ޔުނައިޓެޑަށް މި މެޗު މޮޅުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 75 ވަނަ މިނެޓުގައި ޖެސޭ ލިންގާޑްއެވެ.

ރޭގެ މެޗުން މޮޅުވުމާއެކު، ޔުނައިޓެޑް އަލުން ލީގު ތާވަލުގެ ދެވަނައަށް ޖެހިލިއިރު ޔުނައިޓެޑަށް ކުޅުނު 28 މެޗުން ލިބިފައިވަނީ 59 ޕޮއިންޓެވެ. ލީގު ތާވަލުގެ ތިންވަނައިގައި ލިވަޕޫލް އޮތީ ކުޅުނު 28 މެޗުން 57 ޕޮއިންޓް ލިބިގެންނެވެ. ކުޅުނު 28 މެޗުން 55 ޕޮއިންޓް ލިބިގެން ލީގުގެ ހަތަރުވަނައިގައި އޮތީ ޓޮޓެންހަމްއެވެ. ރޭގެ މެޗުން ބަލިވި ޗެލްސީ އޮތީ ކުޅުނު 28 މެޗުން 53 ޕޮއިންޓް ލިބިގެން ލީގުގެ ފަސްވަނައިގައެވެ.

ލީގުގެ އެއްވަނައިގައި ކުޅުނު 27 މެޗުން 72 ޕޮއިންޓް ލިބިގެން އޮތީ މެންޗެސްޓާ ސިޓީއެވެ. ލީގުގައި ސިޓީ ކުޅޭ 28 ވަނަ މެޗުގައި ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.
މިއަދު އޮންލައިން