މާފަންނު ހުޅަނގުދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ހައްޔަރުކޮށްފިއެވެ. އެމްޑީޕީ އިން ބުނީ ފަލާޙް ހައްޔަރުކުރީ އެމްޑީޕީ ހަރުގެ ކުރިމަތިން މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ކަމަށެވެ.
ރޭގެ މުޒާހަރާގެ ތެރެއިން ބަންދުކުރި ދެ މެންބަރުން ކަމަށްވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަހްމަދު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމިތު އަދި މިވަގުތާއި ހަމައަށް މިނިވަންކޮށްފައެއް ނުވެއެވެ.
މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެދަށުން ބަންދުކުރިނަމަ މުއްދަތު ނުޖަހައި ބޭތިއްބޭނެއެވެ.
އެއިގެ ކުރިން ބަންދުކޮށްފައިވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފާއި އަދި މިހައިތަނަށް ސުވާލުކޮށްފައިވަނީ މުޒާހަރާގެ ބައިވެރިންނަށް ޕެޕަރ ސްޕްރޭން ސަލާމަތްވުމަށް ބޭނުންކުރާނެ މާސްކް ބެއްސެވުމާއި ގުޅިގެން ކަމަށް މަޚްލޫފްގެ ވަކީލް ވަނީ ވިދާޅުވެފައެވެ.