އެބައަކަށް ލަޢުނަތް ލެއްވެވުން އެދި ޖިބްރީލްގެފާނު ދުޢާކުރެއްވެވި 3 މީހުންގެ ތެރެއިން ނުވެވޭތޯ ބަލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އެބައަކަށް ލަޢުނަތް ލެއްވެވުން އެދި ޖިބްރީލްގެފާނު ދުޢާކުރެއްވެވި 3 މީހުންގެ ތެރެއިން ނުވެވޭތޯ ބަލާށެވެ!
3 މީހެއްގެ މައްޗަށް ލަޢުނަތް ލެއްވެވުން އެދިވަޑައިގެން ޖިބްރީލްގެފާނު ދުޢާ ކުރެއްވެވިއެވެ. ފަހަތްޕުޅުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އާމީން ވިދާޅުވިއެވެ.

އެތަނުން ފުރަތަމަ މީހަކީ އެމީހާގެ މައިންބަފައިން މުސްކުޅިވުމުން އެމީހުންނަށް ޙައްޤު ޤަދަރު އަދާނުކުރާ މީހުންނެވެ.

ދެވަނަ މީހާއަކީ ރަމަޟާން މަސް ފާއިތުވެގެންދިއައިރު އެމީހެއްފާފަތައް މާތް ﷲ ނުފުއްސެވި މީހާއެވެ.

ތިންވަނަ މީހާއަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ނަންފުޅު އިވުމުން ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނުކިޔާ މީހާއެވެ.

މި 3 މީހުންގެ ތެރެއިން ނުހިމެނި ވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ. އެއީ ތިބާއަށް ކުރެވިދާނެ ކަމެކެވެ. އޮތީ ގަދައަޅައި އިޚްލާޞްތެރިކަމާއިއެކު މަސައްކަތް ކުރުމެވެ. ޖިބްރީލްގެފާނު ބައެއްގެ މައްޗަށް ލަޢުނަތް ލެއްވެވުން އެދި ދުޢާ ކުރެއްވެވުމުން އެބައަކަށް މާތް ﷲ ލަޢުނަތް ލައްވަވާނެކަން އެއީ ޔަޤީން ކަމެކެވެ. އެކަމަށް ޝައްކު ނުކުރާށެވެ.
މިއަދު އޮންލައިން