އަމިއްލަ ބޭނުންތަކަށް ފައިސާ ނެތި އެންމެ ފަހުގެ ފޯނު ގަންނައިރު ހެޔޮ ގޮތުގަ ޚަރަދުކުރުމަކީ އަޅުކަމެއްކަން އެނގޭތަ: މުފްތީ މެންކް
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން، އެމީހުންނަކީ ފަޤީރުންކަން އެހެން މީހުންނަށް އަންގާކަށް ބޭނުމެއް ނުވެއެވެ. އެންމެ ގާތް އަވަށްޓެރިޔާއަށްވެސް ތިމާގެ ހަޤީޤީ ޙާލަތު އަންގާކަށް ބޭނުމެއް ނުވެއެވެ. ހައިބަތު ކުޑަވެދާނެ ކަމަށްޓަކައެވެ.
ފޯން ރީޗާޖްކުރަން ބޮޑެތި އަދަދުތަކުން ފައިސާ ހޭދަކުރާއިރު އަތުގައި ފެން ބިލް ދައްކާނެ ފައިސާއެއް ނުހުރެއެވެ. ޕާނެއް ގަނެލުން ފަދަ އެންމެ އާދައިގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކުރާނެ ފައިސާ އަތުގައި ނެތި ވެސް އެންމެ ފަހުގެ އަގު ބޮޑު ފޯނު ގަނެލަނީއެވެ. މިފަދައިން ޚަރަދުތައް ކުރަމުން ގެންދާއިރު ތިމާއަށް މާތްﷲ ދެއްވަވާ ފައިސާ ހެޔޮ ގޮތުގައި ޚަރަދުކުރުމަކީ އަޅުކަމެއްކަން އެނގޭހެއްޔެވެ؟
މާތްﷲ އަންގަވާފައިވަނީ މާތްﷲ ދެއްވަވާ މިންވަރުން ޚަރަދުތައް ކުރުމަށެވެ. ބޭނުންތަކަށް ބަހާލައިގެން ޚަރަދުކުރުމަށެވެ. އެގޮތަށް ޚަރަދުކުރާނަމަ އެމީހަކަށް މާތްﷲ ފުދުންތެރިކަން މިންވަރު ކުރައްވަވާނެއެވެ.
މާތްﷲ ވަޙީ ކުރައްވަވާފައިވަނީ މާތްﷲ އެންގެވި ގޮތަށް ޚަރަދުތައް ކުރާނަމަ އެމީހަކަށް ފުދުންތެރިކަން ދެއްވަވާނެ ކަމަށެވެ. އެއިގެ މާނައަކީ އެމީހަކު ބޭނުން ހުރިހާ އެއްޗެއް ލިބުމެއް ނޫނެވެ. އެމީހާގެ ހިތަށް ފުދުންތެރިކަން ލިބުމެވެ.
ތައުބާވާށެވެ. ތައުބާވުމަކީ 5 ފަހަރު ހައްޖުވުމަށްވުރެ މަތިވެރި އަޅުކަމެކެވެ. އެއީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޙަދީޘްފުޅުން އެނގޭ ކަމެކެވެ.
ހޭދަކުރުމުގައި އިސްރާފްކުރާނަމަ އަވަހަށް އެކަން ހުއްޓައިލާށެވެ. ތައުބާވާށެވެ. މާދަމާ ކުރިމަތިވެދާނެ ކަންކަމަށް ވިސްނާށެވެ.
ޝައިޚް މުފްތީ މެންކްގެ ދަރުސަކުން