ރިއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ނޭމާއަށް ނުކުޅެވޭނެ

ކިޔުމަށް ހޭދަވާނީ 1މ 14ސ
ރިއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ނޭމާއަށް ނުކުޅެވޭނެ

ޕީއެސްޖީގެ ތަރި ނޭމާއަށް އަންނަ ހަފުތާގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހު ލެގުގައި ރިއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެކަން ކަށަވަރުވެެއްޖެއެވެ.
ރިއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ނޭމާއަށް ނުކުޅެވޭނެކަން މީޑިއާތަކަށް ކަށަވަރުކޮށްދިނީ އޭނާގެ ބައްޕައެވެ. ނޭމާގެ ބައްޕަ މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، ނޭމާއަށް މަދުވެގެން ހަ ހަފުތާގައި ކުޅުމާ ދުރުގައި ހުންނަންޖެހޭނެކަމަށާއި އެހެންވެ އަންނަ ހަފުތާގައި ކުޅެވޭ މެޗަކަށް އޭނާއަކަށް ނުކުޅެވޭނެކަމަށެވެ.

ނޭމާއަށް އަނިޔާވެފައިވަނީ އެންމެ ފަހުން ލީގުގައި މާސޭލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. މި މެޗުގައި ނޭމާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އޭނާގެ ފައިތިލައިގެ ކަށިކޮޅެއްގައި ރެނދެއްލާފައިވެއެވެ. އެއާއެކު ނޭމާއަށް އޮޕަރޭޝަނަށް ކުރަންޖެހި ދެ މަސް ދުވަހަށް ކުޅުމާ ދުރަންދާން ޖެހި މެޑްރިޑް މެޗުގައި ނުކުޅެވޭނެކަމުގެ އަޑުތައް ފެތުރެން ފެށިއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފަހުގެ ލެގުގައި ރިއާލް މެޑްރިޑާ ދެކޮޅަށް ނުކުންނައިރު ނޭމާ ނެތުމަކީ ޕީއެސްޖީއަށް ދިމާވާނެ ބޮޑު މައްސަލައެކެވެ. ރިއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-3 ގެ ނަތީޖާއިން ރިއާލް މޮޅުވެފައިވާތީ ޕީއެސްޖީއަށް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރެވެން އޮތީ ފަހު ލެގުގައި ދެ ލަނޑަށްވުރެ ތަފާތު ބޮޑުކޮށް މޮޅުވެގެންނެވެ.

ޕީއެސްޖީގެ ތާރީޚުގައި އަދި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށްވުރެ ދުރަށް ދަތުރުކޮށްފައެވެ. އެހެންވުމާއެކު މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ޕީއެސްޖީއިން މި ސީޒަންގައި އަމާޒު ހިފާފައިވަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށެވެ.
މިއަދު އޮންލައިން