މައްޔިތާ ވަޅުލުމުން އެހެން މީހުންނަށް ޒިޔާރަތްކުރާނެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މައްޔިތާ ވަޅުލުމުން އެހެން މީހުންނަށް ޒިޔާރަތްކުރާނެ.
މައްޔިތާގެ ވަޅުލުމުން އެހެން މީހުންނަށް ޒިޔާރަތްކުރާނެއެވެ. އެކަން ސާބިތުވާ ގިނަ ޙަދީޘްފުޅުތައް އެބަހުއްޓެވެ.

މައްޔިތާ ވަޅުލާއިރު ރީތިކޮށް ކަފުން ކުރުމަށާއި މީރުވަސް ދުވާތަކެތި އެޅުމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅުކުރައްވައިފައެވެ. އެއީ އެހެން މީހުންނަށް ޒިޔާރަތްކުރާނެކަމަށްޓަކައެވެ. ޞާލިޙުންނާއިއެކު ވަޅުލުމަށްވެސް ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ. އެހެން މީހުންގެ އުނދަގޫތަކުން ސަލާމަތްވުމަށްޓަކައެވެ.

ކައްވަޅުގައިވެސް މީހުންނަށް އުނދަގޫ ކުރެވޭނެތޯ ޞަހާބީން ސުވާލު ކުރެއްެވެވުމުން "ދުނިޔޭގައިވެސް އަވަށްޓެރިންނަށް އެކަން ކުރެވޭނަމަ ކައްވަޅުގައިވެސް ކުރެވޭނެ" ކަމަށް ވަނީ ޙަދީޘްފުޅު ކުރައްވައިފައެވެ.

ކައްވަޅުގައި ތިބޭއިރު އެއްވެސް މީހެއްގެ އެއްވެސް އެހީތެރިކަމެއް ނުލިބޭނެއެވެ. އެމީހަކު ދުނިޔޭގައި ހުރެ ކުޅަ އަމަލުތަކެއްގެ މައްޗަށް ސަވާބާއި އަޒާބު ހުންނާނީ ލިބިލިބިއެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ކައްވަޅުގައި ތިމާ އެކަނި އޮންނަން ޖެހޭ ޙާލަތުގައި، އެކަލާނގެ އެންގެވި ގޮތަށް ދުނިޔޭގައި އުޅުނު މީހުންގެ އެންމެ ގާތް "މިތުރަކަށް" މާތް ﷲ ވެވޮޑިގަންނަވާނެ ކަމަށެވެ.

އެ މަތިވެރި ނިއުމަތަށް އެދޭމީހުންނަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ގިނަގިނައިން ކައްވަޅާއި އާޚިރަތް ދުވަހާއި މާތް ﷲ ގެ ވާހަކަތައް ދެއްކުމެވެ. ގިނަގިނައިން އެވާހަކަތައް ދައްކާނަމަ ގިނަގިނައިން މާތް ﷲ ގެ މަތިން ހަނދާންވާނެއެވެ. އެކަމުގެ ސަބަބުން ތިމާގެ އަމަލުތައް އިސްލާޙްކުރަން ފުރުޞަތު އިތުރުވާނެއެވެ.

(ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން)
މިއަދު އޮންލައިން