ދަތުގެ ސްޕެޝަލިސްޓަކަށް ނުދެއްކިގެން އަދުހަމް ދޫނިދޫ ޖަލުގަ ހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
ދަތުގެ ސްޕެޝަލިސްޓަކަށް ނުދެއްކިގެން އަދުހަމް ދޫނިދޫ ޖަލުގަ ހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު އަހްމަދު އަދުހަމް ޖަލުގައި ހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

އޭނާގެ ޤާނޫނީ ވަކީލް މަޙްފޫޒް ސަޢީދު ވިދާޅުވީ މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން އަދުހަމް ވަނީ ކެއުން ހުއްޓާލާފައި ކަމަށާއި ކެއުން ހުއްޓާލީ ދަތުގައި ރިއްސާތީ ޑޮކްޓަރަށް ދެއްކުމުން ސްޕެޝަލިސްޓަކަށް ދައްކަން ރިފަރ ނުކުރުމުން ކަމަށެވެ.

މަޙްފޫޒް ސަޢީދު ވިދާޅުވީ އަދުހަމް ބޭނުންވަނީ އޭނާ މާލެ ގެނެސް ދަތުގެ ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދައްކައި ދިނުމަށް ކަމަށެވެ. ހައިހޫނުކަމުގެ ހަޅުތާލު ކުރަން ފެށީ އެކަން ނުވެގެން ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަޠީފް ވިދާޅުވީ އަދުހަމްގެ ދަތުގައި ރިއްސާތީ އެކަށީގެންވާ ފަރުވާއެއް ލިބޭނެ މަގު ފަހިކޮށްދިނުން އެދި ފުލުހުންނާއި އެތައް ފަހަރަކު މަޝްވަރާކުރައްވާފައިވާނެ ކަމަށެވެ.
މިއަދު އޮންލައިން