ސްނެއިޑާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ކިޔުމަށް ހޭދަވާނީ 56ސ
ސްނެއިޑާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
ނެދަލޭންޑްސްގެ ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާގެ ރެކޯޑު އޮތް ވެސްލީ ސްނެއިޑާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

ނެދަލޭންޑްސްގެ ޤައުމީ ޓީމަށް ސްނެއިޑާ ކުޅުން ހުއްޓާލަން ނިންމީ، ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށްކަމަށް ސްނެއިޑާ ވަނީ ބުނެފައެވެ. ސްނެއިޑާ މިފަދަ ނިންމުމެއް ނިންމާފައި މި ވަނީ، މި އަހަރުގެ ފީފާ ވޯލްޑްކަޕަށް ނެދަލޭންޑްސް ކޮލިފައިނުވެ ކަޓާފައިވަނިކޮށެވެ.

އުމުރުން 33 އަހަރުގެ ސްނެއިޑާ ވަނީ ނެދަލޭންޑްސްގެ ޤައުމީ ޓީމަށް 133 މެޗު ކުޅެދީފައެވެ. އަދި އެ މެޗުތަކުގައި ސްނައިޑާ ވަނީ ނެދަލޭންޑްސްއަށް 31 ލަނޑު ކާމިޔާބުކޮށްދީފައެވެ. 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ނެދަލޭންޑްސް މުބާރާތުގެ ފައިނަލަށް ގެންގޮސްދިނުމުގައި ސްނެއިޑާ ވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ.

ރިއާލް މެޑްރިޑް، އިންޓަ މިލާން، އަޔަކްސް ފަދަ ވަރުގަދަ ޓީމުތަކަށް ކުޅެދީފައިވާ ސްނެއިޑާ ކްލަބް ކަރިއަރުގައި މިހާރު ކުޅެމުން ދަނީ ޤަތަރުގެ އަލްޤަރާފާއަށެވެ.
މިއަދު އޮންލައިން