ކޮފީ މޭޒުގަ ތިއްބާ ނަމާދުވަގުތު ޖެހުމުން އެކުވެރިން ނަމާދަށް ނުދާނަމަ ތިބާއަށްވެސް ނަމާދަށް ދާން ހުރަސް އެޅޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ކޮފީ މޭޒުގަ ތިއްބާ ނަމާދުވަގުތު ޖެހުމުން އެކުވެރިން ނަމާދަށް ނުދާނަމަ ތިބާއަށްވެސް ނަމާދަށް ދާން ހުރަސް އެޅޭނެ!
އެކުވެރިންނަކީ ތިބާ ދީނަށް އުޅުމަށް އަމަލުކުރުމަށް ބާރުއަޅާ ބައެއް ނޫންނަމަ އެމީހުން ވާނީ ތިބާ ދީނާ ދުރުކުރާ ބައަކަށެވެ. އެކުގައި އުޅުމަށް ރަނގަޅު ހެޔޮލަފާ މީހުން އިޚްތިޔާރުކުރަން އިސްލާމް ދީނުގައި އޮންނަނީ މި ސަބަބަށްޓަކައެވެ.

މިވެނި މީހަކީ ކޮންކަހަލަ މީހެއްތޯ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ އަރިއަހުގައި ސުވާލު ދެންނެވުމުން އެމިހާގެ ކަންކަން ރަނގަޅަށް އެނގި ހުންނަވައިމެ ހަދީޘްފުޅު ކުރައްވަވާފައިވަނީ އެމީހާ އާއިއެކުގައި އުޅެނީ ކޮންބައެއްތޯ ނުވަތަ ކޮން ގޮތަކަށް އުޅޭ ބައެއްކަން ބެލުމަށެވެ.

މިފަދަ ކަންކަމަށް އިޝާރާތްކޮށް ދިވެހިބަހުގައި ބުނެ އުޅެނީ "ލަނޑަޔާ ވާނީ ލަނޑަޔާ" ކަމަށެވެ. އެހެންކަމުން އެކުގައި ގެންގުޅޭނެ ރަޙްމަތްތެރިން އިޚްތިޔާރުކުރުމުގައި މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ނުބަލައިފިނަމަ އެމީހަކު ދާނީ މަގުފުރެދިގެންނެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

ކޮފީ މޭޒުތަކުގައި ތިއްބައި ނަމާދު ވަގުތު ޖެހުމުން ނަމާދަށް ދިއުމަށް އެކުވެރިން ސަމާލުކަން ދޭނަމަ ނަމާދަށް ދެވޭނެއެވެ. ނަމަވެސް އެކުވެރިންގެ މެދުގައި ނަމާދުކުރުމުގެ ރޫޙް ނެތްނަމަ ތިމާއަށް ވެސް ނަމާދުކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

އިސްލާމިކް ޓްވީޓުން ކޮށްފައިވާ މި ޓްވީޓުގައި ފާހަގަކޮށްފައި އެވަނީ މިފަދަ މައްސަލަތަކެވެ. ބާރުއަޅާފައި އެވަނީ އިސްލާމް ދީނާއި ދިމާއަށް ތިބާ ދަމައި ގެންދާނެ އެކުވެރިންނާިއެކުގައި ނޫނީ ނުއުޅުމަށެވެ.


މިއަދު އޮންލައިން