ފާފަ ކުރުމަށްފަހު ސޯޝަލް މީޑިއާގަ ޢާންމުކުރާ މީހުންނަށް ޤިޔާމަތް ދުވަހުން އެއްވެސް ސަލާމަތްކަމެއް ނެތް- ޙަދީޘް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ފާފަ ކުރުމަށްފަހު ސޯޝަލް މީޑިއާގަ ޢާންމުކުރާ މީހުންނަށް ޤިޔާމަތް ދުވަހުން އެއްވެސް ސަލާމަތްކަމެއް ނެތް- ޙަދީޘް
"ފާފަކުރުމަށްފަހު އެކަންކުރިކަން ޢާންމުކޮށް އަންގައި ހާމަކުރުމަކީ މުޖާހަރާ ކުރުމެވެ. މުޖާހަރާ ކުރާމީހުންގެ ފާފަ ނުފުއްސަވާނަކަމަށް ޞަޙީޙް ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

ަބޫހުރައިރަތުގެފާނުގެ އަރިއަހުން ރިވާ ވެގެންވެއެވެ. ފާފަވެރިންގެ ފާފަތައް މާތް ﷲ ޤިޔާމަތް ދުވަހުން (އެކަލާނގެ މިންވަރު ކުރެއްވެވި އަޅަކަށް ފުއްސަވާނެތެވެ. އެއް ބައަކު ފިޔަވައެވެ. އެއީ މުޖާހަރާކުރި މީހުންނެވެ.

ވީމާ މުޖާހަރާ ކުރުމަކީ އާދައިގެ ކަމެއް ކަމަށް ނުދެކޭށެވެ. އެއީ އާޚިރަތް މުޅިން ގެއްލިގެން ހިނގައިދާނެ ކަމަކަށްވާތީއެވެ.

ފާފަކުރުމަށްފަހު އެކަން ޢާންމުކުރާ މީހުން ދަނީ އިތުރުވަމުންނެވެ. ކުރާފާފަތައް ސޯޝަލް މީޑިއާގައި ނުވަތަ އެނޫންވެސް ގޮތަކުން އާންމުކުރުމުން އެކުރެވެނީ ކީއްކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ ތިމާއަށް މިކުރެވޭ ކަމަކީ މާތް ﷲ އާއި ޖަދަލުކުރުންކަން އެނގޭހެއްޔެވެ؟

ފާފަކުރުމަށްފަހު އެކަން ޢާންމުކުރުމަކީ މުޖާހަރާކުރުމެވެ. މުޖާހަރާކުރުމުގެ ނުބައިކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ބަޔާންކޮށްދެއްވައިފައެވެ. ޞަޙީޙް ޙަދީޘްފުޅުތަކުން އެކަން އެނގެން އެބަހުއްޓެވެ.

އިންސާނުންނަކީ އުނި ބައަކަށްވާތީ ކުށެއް ކުރެވިދާނެއެވެ. އެ ކުށް ޢާންމުކޮށްގެން ނުވާނެއެވެ. އޮތީ ތައުބާވުމެވެ. މިސާލަކަށް ތިބާއަށް ރޭގަނޑު ކުށެއް ކުރެވުނީއެވެ. ފާހިޝް އަމަލެއް ކުރެވުނީއެވެ. ނައިޓް ކްލަބަކަށްވެސް ދެވުނީއެވެ.

މާތް ﷲ ވަނީ ތިބާ ކުރި ކުށް ނުވަތަ ސިއްރު ކޮށްދެއްވަވައިފައެވެ. ނަމަވެސް ތިބާކުރާ ކަމަކީ ތިބާ ކުށްކުރަމުން ފޮޓޯ ނަގައި އެ ފޮޓޯތައް ޢާންމުކުރަނީއެވެ. ތިބާ އެފާފަ ކުރިކަން އެހެން މީހުންނަށް އަންގަނީއެވެ. އެ ހާލަތުގައި އެވާގޮތަކީ ނުވަތަ ތިބާއަށް އެކުރެވޭ ކަމަކީ މާތް ﷲ އާއި ޖަދަލުކުރުމެވެ. "ތިބާ ބުނާ ފަދައެވެ. އޭ ﷲ އެވެ. އަހަރެން އެވަނީ ތިބާ ޙަރާމްކުރެއްވެވި ކަންކަން ކޮށްފައެވެ. އަދި އެފާފަކުރިކަން މީސްތަކުންނަށް އަންގައިވެސްފީމެވެ." އެހިސާބުން ތިބާކުރި ކުށުގެ ފާފަ އެދަނީ އެތައް ގުނައަކަށް އިތުރަށް އުފުލިގެންނެވެ.

ލޮބުވެތި އަޚުންނޭވެ! މިޒަމާނުގައި ލޯބިވެރިންނާއިއެކު ހިންގޭ ގުޅުންތަކަކީ މާތް ﷲ ހުއްދަ ކުރެއްވެވި ކަންކަމެއް ނޫނެވެ. އެފަދަ ގުޅުންތައް ހިންގުމަށްފަހު އެކަން ޢާންމުކުރަމުން ތިއަ ގެންދަނީ މާތް ﷲ އަށް ގޮންޖަހަމުންނެވެ. އަންހެނުން ނިވާ ނުވެ އުޅުމަކީ މާތް ﷲ ހުއްދަކުރެއްވެވި ކަމެއް ނޫނެވެ. އެހާލުގައި ތިބެ ފޮޓޯތައް ނަގައި ތިއަ ޢާންމުކުރަނީއެވެ. ނައިޓް ކްލަބް ފަދަ ތަންތަނަށް ގޮސް ރާފުޅިތަކާއި ހިލޭ އަންހެނުންނާއިއެކު ފޮޓޯ ނަގައި ތިއަ ޢާންމުކުރަނީއެވެ. އެފަދަ ކަންކަން ކުރާއިރު މިކުރެވެނީ ކީއްކަމާއިމެދު ވިސްނައިވެސް ނުލަމުއެވެ.

ލޮބުވެތި މުސްލިމުންނޭވެ. ތިއަ ކުރެވޭ ކަމަކީ ސީދާ މާތް ﷲ އާއި ޖަދަލުކުރުމެވެ. މުޖާހަރާ ކުރުމެވެ. ތިއަ ކުރަނީ ހާދަހައިވާ ގަދަފަދަ އަޒާބު ހުރި ކަންކަމެވެ.

މިފަދަ އަމަލުތައް ކުރެވޭ މީހުން މި ދަރުސް އަޑުއަހައިލުން ވަރަށް މުހިންމުކަމަށް ޤަބޫލުކުރެވެއެވެ.

ގުޅުންހުރި ދަރުސް:
މިއަދު އޮންލައިން