ނަރަކައިން ސަލާމަތްވުމަށް އެދޭނަމަ ދަރިން ނަމާދުކުރާކަމާ އައުރަ ނިވާކުރާކަން ކަށަވަރުކުރަން ބައްޕައަށް ޖެހޭނެ: ޝައިޚް ވަސީމް ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ނަރަކައިން ސަލާމަތްވުމަށް އެދޭނަމަ ދަރިން ނަމާދުކުރާކަމާ އައުރަ ނިވާކުރާކަން ކަށަވަރުކުރަން ބައްޕައަށް ޖެހޭނެ: ޝައިޚް ވަސީމް ޚާން
ދަރިންނަށް 10 އަހަރުވުމުން ނަމާދުކުރުވުމަކީ ބައްޕަގެ މަސްއޫލިއްޔަތެކެވެ. ދަރިންގެ އައުރަ ނިވީކުރުވުމަކީ ވެސް ހަމަ ބައްޕައިންގެ މަސްއޫލިއްޔަތެކެވެ. ނަމަވެސް މިދެ ކަންތަކަކީ ބައްޕައިން މިއަދު އެންމެ ބޮޑަށް އިހްމާލްވަމުން ގެންދާ ދެކަންތައް ކަމަށް ބުނެވިދާނެއެވެ.

ލޮބުވެތި އަޚުންނޭވެ! އަންހެނުންނަކީ އިސްލާމް ދީނުގައި ވަރަށް މަތިވެރި ޤަދަރެއް ދެވިފައިވާ ބައެކެވެ. އެންމެ ބޮޑަށް އިޙްތިރާމް ޖެހޭނީ ކާކަށްތޯ ސުވާލުކުރެވުމުން ޖަވާބުގައި ވިދިވިދިގެން 3 ފަހަރު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ މަންމަގެ ވާހަކައެވެ.

ކަން މިހެން އޮތް ނަމަވެސް ޢާއިލާގެ މަސްއޫލިއްޔަތު މާތް ﷲ ޙަވާލުކުރައްވަވާފައިވަނީ އަންހެނުންނާއިއެއް ނޫނެވެ. ފިރިހެނުންނާއިއެވެ. އެހެންވީމާ ދަރިން ތަރުބިއްޔަތުކުރުމަކީ މައިންގެ އެކަނި ޒިންމާއަކަށް ހަދައިގެން ސަލާމަތެއް ނުވެވޭނެއެވެ. ބައްޕައަށް ޖެހޭނީ ބައްޕަގެ ދައުރު ފުރިހަމައަށް އަދާކުރާށެވެ.

ބައްޕަގެ ދައުރަކީ ހަމައެކަނި ގޭގައި ޚަރަދުކުރާނެ ފައިސާ ދިނުމެއް ނޫނެވެ. ދަރިންގެ ކަންކަން ބަލަހައްޓަންޖެހޭނެއެވެ. ދަރިން ބޮޑެތިވަމުން އަންނަނީ މާތް ﷲ އެންެގެވިގޮތުގައިކަން ކަށަވަރުކުރަންޖެހޭނެއެވެ. އެގޮތަށް އެކަން ނުކޮށްފިނަމަ އެކަމުގެ ޒިންމާ ޤިޔާމަތް ދުވަހުން އުފުލަންޖެހޭނެއެވެ. ނަރަކައިން ސަލާމަތްވުމަށް އެދޭނަމަ މިކަންކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ.
މިއަދު އޮންލައިން