ތިބާ މަރުވުމުން ތިބާ އާ ބައްދަލުކުރަން ކައްވަޅުގައި ތިބޭ މައިން ބަފައިން އިންތިޒާރުކުރެއެވެ: ޝައިޚް ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ތިބާ މަރުވުމުން ތިބާ އާ ބައްދަލުކުރަން ކައްވަޅުގައި ތިބޭ މައިން ބަފައިން އިންތިޒާރުކުރެއެވެ: ޝައިޚް ބިލާލް އައްސަދު
ހެޔޮލަފާ މުސްލިމަކު މަރުވެގެން ވަޅުލެވިއްޖެނަމަ އެމީހެއްގެ ރޫހުގެ ކައިރިއަށް ކައްވަޅުގައި ތިބޭ ހެޔޮ ލަފާ މުސްލިމުންގެ ރޫހްތައް ދުވެފައިދެއެވެ. ގޮސް އެމީހެއްގެ ޢާއިލާގެ މީހުންނާއި ރަޙްމަތްތެރިންގެ ހާލަތު އޮޅުންފިލުވައެވެ.

އެމީހުން ދުނިޔޭގައި އުޅެނީ މާތް ﷲ އެންގެވިގޮތަށްތޯ ސުވާލުކުރެއެވެ. ޚާއްޞަކޮށް މައިންބަފައިން އެމީހުންގެ ދަރިންގެ ވާހަކައިން ސުވާލުކުރެއެވެ. އެއީ ހެޔޮލަފާ މުސްލިމެއްގެ ގޮތުގައި މަރުވެއްޖެނަމަ އެމީހުންނާއި ބައްދަލުވާނެ ކަމުގެ އުންމީދުގައެވެ.

މާތް ﷲ އެންގެވިގޮތުގައި ދުނިޔޭގައި ދުވަސްތައް ހޭދަކުރާ ހެޔޮލަފާ މުސްލިމުން މަރުވުމުން އެމީހުންގެ ޢާއިލާތަކާއި ބައްދަލުވާނެކަން، އަލުން ގުޅޭނެކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގެން އެބައޮތެވެ.

ހަމަ އެފަދައިން ހެޔޮލަފާ މީހުންނަށް ހުވަފެނުގައި މާތް ﷲ ކަންތައްތައް ދައްކަވައެވެ. ކީރިތި ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުގެ ތެރެއިން ފެންނަ ހުވަފެންތަކަކީ މާތް ﷲ ގެ އެންގެވުންތަކެވެ. (އެހެންކަމުން ހުވަފެނުގައި ލިބޭ ހެޔޮލަފާ ނަޞޭޙަތްތައް ޤަބޫލުކުރާށެވެ. ޚާއްޞަކޮށް މައިން ބަފައިން ފެނި ހެޔޮލަފާ ނަޞޭޙަތެއް ދީފި ނަމަ ޤަބޫލުކުރާށެވެ.)

ޝައިޠާނާ ވެސް ހުވަފެންތައް ދައްކާނެއެވެ. އެފަދަ ހުވަފެންތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެއެވެ.

އެއްރެއަކު ޝައިޠާނާ ހުވަފެނުގައި އައިސް ދީނީ އިލްމުވެރިއަކަށް ވަސްވާސްދޭން މަސައްކަތްކުރިއެވެ. އޭނާ އަކީ ކަލާނގެކަމަށް ހެދިގެންނެވެ.

އެހިނދު ޢިލްމްވެރިޔާއަށް ހުވަފެނުގައި ވެސް ސުވާލުކުރެއްވުނީ ކަލެއަކީ ހަމަ މާތް ﷲ ހެއްޔެވެ؟ އެހިސާބުން ޝައިޠާނާ ދުވެފިލީއެވެ. އެއީ ޝައިޠާނާއަށް އޭނާއަކީ މާތް ﷲ ކަމަށް ނުބުނެވޭނެތީއެވެ. އެބާރު މާތް ﷲ ޝައިޠަނާއަށް ދެއްވަވާފައެއް ނުވެއެވެ.

ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން‍
މިއަދު އޮންލައިން