އެމްޑީޕީގެ އިސް ސަފުގައި އެންމެ ކުރިންސުރެ ހަރަކާތްތެރިވަމުން އަންނަ ލެކިޔުޓް މާޖިދު އާއި އެމްޑީޕީގެ ބައެއް އިތުރު އެކްޓިވިސްޓުން ރޭ ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެމްޑީޕީން ބުނެފައިވަނީ މާޖިދު ހައްޔަރުކުރީ ރެސްޓޯރަންޓެއްގައި އިންދާ ކަމަށެވެ. ހައްޔަރުކޮށްފައިވާ އިތުރު އެކްޓިވިސްޓުންގެ މައުލޫމާތު އަދި އެމްޑީޕީން އަދި ހާމައެއް ނުކުރެވެއެވެ.
އެސްއޯ ފުލުހުން ވަނީ އިއްޔެ އެމްޑީޕީގެ މައި އޮފީހަށް ވަދެ 3 މީހަކު ހައްޔަރުކޮށްފައެވެ. އެއިގެ ތެރޭގައި ހިމެނޭ ސާބެ ދިރިއުޅޭ ގެ މިހާރު ވަނީ ބަލައި ފާސްކޮށްފައެވެ. ފެނުނު އެއްޗެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް މަންމަގެ އައިޕޭޑެއް ގެންދިއަ ކަމަށް ވަނީ ޚަބަރު ފެތުރިފައެވެ.
ރާއްޖޭގެ މަޝްހޫރު ތާރީޚީ ލިޔުންތެރިންތަކެއް ބަންދުކުރި ދުވަސްވަރު ޢަލީ މޫސާދީދީގެ އަލަމާރި ބަލައި ފާސްކުރި ސިފައިން ވަނީ އަލަމާރީގެ ދޮރުފަތުގައި އިން ކާފަގެ ފޮޓޯއެއް ނައްޓާލައިގެން ގެންގޮސްފައެވެ.