މޯލްޑިވިއަން ގެ ޚިދުމަތް ވަރުގަދަ ކުރުމަށް، އެކުންފުންޏަށް އިތުރު ފްލައިޓެއް މިއަދު ގެނެސްފިއެވެ.
ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ޖެއްސި، މޯލްޑިވިއަން ގެ އަފްލައިޓާއިއެކު، އެކުންފުނީގެ ބޯޓުގެ އަދަދު މިހާރުވަނީ 10 އަކަށް އަރާފައެވެ. އަދި އެކުންފުނީގެ ސީޕްލޭނާއި ބޯޓުތަކާއެކު ޖުމްލަ ޕްލޭންގެ އަދަދު މިހާރު ވަނީ 23 އަށް އިތުރު ވެފައެވެ.
މޯލްޑިވިއަން އަށް އަލަށް މިއަދު ގެނައި ބޯޓަކީ ނިއު ޒީލެންޑުން ފުރައިގެން ރާއްޖެ ގެނައި ބޯޓެކެވެ.
މިއަދު ގެނައި ބޯޓަކީ 50 މީހުންގެ ޖާގަހުރި، ޑޭޝް 8 މަރުކާގެ ބޯޓެކެވެ. މޯލްޑިވިއަން އިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު ގެނައި ބޯޓު ބޭނުން ކުރާނީ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައާއި އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރު ކުރުމަށެވެ.