ތިބާ މަރުވުމުން 70،000 މަލާއިކަތުން ފައިބާވަޑައިގެން ތިބާއަށް ހެޔޮ ދުޢާކޮށްދެއްވަން ބޭނުންހެއްޔެވެ؟ 70،000 މަލާއިކަތުން ތިބާއަށްޓަކައި ހެޔޮ ދުޢާކުރައްވައިފިނަމަ ސުވަރުގޭގެ ދޮރުކޮޅުތައް ތިބާއަށްޓަކައި ހުޅުވިގެންވާނެކަން އެއީ ޔަޤީން ކަމެކެވެ.
ޞަޙާބީންގެތެރޭގައި ހިމެނިވަޑައިގަންނަވާ މުޢާޛި ލޭތި (ރޢ) އަވަހާރަވުމުން 70،000 މަލާއިކަތްބޭކަލުން އުޑުން ފައިބައި ވަޑައިގެން އެކަލޭގެފާނަށްޓަކައި ހެޔޮ ދުޢާކުރެއްވެވިއެވެ.
މިކަމުގެ ވާހަކަ ކައު އިތުރު ރަސޫލާ ޙަދީޘްފުޅު ކުރެއްވެވުމުން އެއީ ކީއްވެގެންތޯ ޞަހާބީން ސުވާލުކުރެއްވެވިއެވެ.
ކީއްވެގެންކަން އެނގޭހެއްޔެވެ؟
މުޢާޛިގެފާނަކީ ޤްލްހުވަﷲ އަހަދު ސޫރަތަށް ވަރަށް ބޮޑަށް ލޯބިކުރެއްވެވި ބޭކަލެކެވެ. ކިރިޔާވެސް ހުސްވަގުތެއް ލިބިވަޑައިގެންފިނަމަ ތަސްބީޙައަކަށް ޤްލްހުވަﷲ އަހަދު ސޫރަތް ވިދާޅުވި ބޭކަލެކެވެ.
ޤްލްހުވަﷲ އަހަދު- ކިޔަވައިލަން ކިހައި ފަސޭހަ ސޫރަތެއް ހެއްޔެވެ؟ ކިޔެވުމުން ލިބޭ ދަރުމަ ކީރިތި ޤްރްއާނުގެ 3/1 އާއިއެއްވަރެވެ. ޤްލްހުވަﷲ އަހަދު- 10 ފަހަރު ކިޔަވައިފިނަމަ އެމީހަކަށްޓަކައި މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ބިނާކޮށް ދެއްވަވައެވެ.