މައިން ބަފައިންގެ މުދާ ބަހާއިރު ފިރިހެން ދަރިންނަށް ދެބައި ލިބޭތީ އަންހެން ދަރިންނަށް ލިބެނީ މަދުން ކަމަށް އެބަބުނަމުއެވެ. ނަމަވެސް މާތް ﷲ އެންގެވި ގޮތަށް މުދާ ބެހި ފަދައިން މާތް ﷲ އަންގަވާފައިވާ ގޮތަށް އުޚުތުންގެ ޒިންމާ ުއުފުލައިފިނަމަ ބޮޑު ބައި ލިބޭނީ އަންހެނުންނަށެވެ.
"މިސާލަކަށް ބަހަން ހުރީ 75،000 ޑޮލަރެވެ. އެހެން ކަމަށް ވެއްޖެނަމަ ފިރިހެން ދަރިއަށް 50،000 ލިބޭނެއެވެ. އަންހެން ދަރިއަށް ލިބޭނީ 25،000 އެވެ. އަންހެން ދަރިއަށް އެއް ފަހަރާ ލިބުނު އަދަދު މަދުވެއްޖެއެވެ. ނަމަވެސް ދެން އޮތްބައަށް ވިސްނައިލާށެވެ."
ތަރިކައިން ފިރިހެން ދަރިފުޅު އިތުރު 25،000 ޑޮލަރު އެގެންދިއައީ ހިލެއަކު ނޫނެވެ. އުޚުތުގެ ހުރިހާ ޒިންމާތަކެއް އުފުލަންޖެހޭނެއެވެ. ކާން ބޯން ވެސް ދޭންޖެހޭނެއެވެ. ބަލިވީމަ ބޭސްފަރުވާވެސް ކޮށްދޭންޖެހޭނެއެވެ. ކުރުު މުއްދަތަކަށް ނޫނެވެ. ބެލެނިވެރިކަން އޮތްހައި ދުވަހަކުއެވެ.
ދެން އޮތީ އަންހެން ދަރިއަށް ލިބުނު 25،000 ޑޮލަރެވެ. އޭނާ ބޭނުންނަމަ ރެސްޓޯރަންޓްތަކުން ކައި ހުސްކޮށްލިނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. އެއިން އެހެން މީހަކަށް ކޮށްދޭންޖެހޭނެ އެއްވެސް ކަމެއް ނެތެވެ.
"ރެސްޓޯރަންޓުން ކައިގެން އައިސް ބޭސްނަގާނެ ލާރި ދޭށޭ ބުނި ނަަމަވެސް ޖެހޭނީ ލާރި ދޭން،"
މުދަލުގެ ވާރިސުންނަކީ ދުރު ބައެއް ނަމަ އެކަމުގެ ރިސްކް ކުޑަކުރުމުގެ ގޮތުން އަންހެނުންނަށް ގިނައިން ލިބޭނެ ޙާލަތުތައްވެސް އެބަހުއްޓެވެ.
އެހާލަތުގައި ފިރިހެނާއަށް ލިބޭނީ މަދުންނެވެ. އެއީ ގިނައިން ދީފިނަމަ ވެސް ބެލެނިވެރިކަން ނުބަލަހައްޓައިފާނެ ކަމަށެވެ.
ވީމާ މިޙުކުމްތައް ދަސްކުރާށެވެ. ނުއެނގިތިބެ ވާހަކަ ނުދައްކާށެވެ. ހަމަ އެއާއިއެކު މުދަލުން ގިނައިން ލިބުނު ފިރިހެން ދަރިން އެމީހުންނާއި މާތް ﷲ ޙަވާލުކުރެއްެވެވި މަސްއޫލިއްޔަތަށް ފުރިހަމައަށް ރައްކައުތެރިވާންޖެހޭނެކަން ރަނގަޅަށް ހަނދާން ބަހައްޓާށެވެ. ނޫންނަމަ އެކަމަށް ޙައްޤު އަދަބު ނުލިބިއެއް ނުދާނެއެވެ! އެއީ ގަދަފަދަ ޢަޛާބުކަން ރަނގަޅަށް ހަނދާންކުރާށެވެ.
- މުފްތީ މެންކުގެ ދަރުސަކުން -