ނަރަކައިގެ ބިރުވެރިކަން ދެނެގަތުމަށް މިވަރުން ނުފުދޭތަ؟ "ނަރަކައިގެ މަލާއިކަތާ ނަރަކަތަ އުފެއްދެވީންސުރެ ދުވަހަކުވެސް ހިނިތުންވެފައެއް ނުވޭ-"

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ނަރަކައިގެ ބިރުވެރިކަން ދެނެގަތުމަށް މިވަރުން ނުފުދޭތަ؟ "ނަރަކައިގެ މަލާއިކަތާ ނަރަކަތަ އުފެއްދެވީންސުރެ ދުވަހަކުވެސް ހިނިތުންވެފައެއް ނުވޭ-"
ނަރަކައިގެ ވާހަކަ ދެކެވިއްޖެނަމަ މާބޮޑު ސަމާލުކަމެއް ނުދޭ ބައަކުވެސް އުޅެއެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ އެއީ ޚިޔާލީ ވާހަކަތަކެއް ކަމަށެވެ. ނޫންނަމަ ބޭނުންހައި ދުވަހެއްވަންދެން ފާފަތައް ކުރުމަށްފަހު ކޮށްލާ ކުޑަކަމަކުން ނަރަކައިން ސަލާމަތް ވެވިދާނެ ކަމަށެވެ.

ކަންކަން ހުރީ އެހެނަކުން ނޫނެވެ. އެންމެ ޒުވާން އުމުރުން ފެށިގެން ނަރަކަ އާއިމެދު ބިރުވެތިވާންޖެހެއެވެ. ބިރުވެރިކަން އިޙްޞާޞްކޮށް އަމަލުތައް އީޞްލާޙްކުރަންޖެހެއެވެ. އާޚީރަތް ދުވަހު ސަލާމަތްކަން ލިބޭނީ ނަރަކައިގެ ބިރުވެރިކަމާއިމެދު ވިސްނައި ނަރަކައަށް ނުވަނުމަށް ގަދައަޅައި މަސައްކަތްކުރެވުނު ވަރަކުންނެވެ.

ނިކަން ވިސްނައިލަބަލާށެވެ. ނަރަކައިގެ ކަންކަން ބަލަހައްޓަވަން ހަވާލުވެވަޑައިގެންނަވާ މާލިކްގެފާނު، މާތް ﷲ ނަރަކަ އުފެއްދެވީންސުރެ ދުވަހަކުވެސް ހިތުންވެވަޑައިގެންފައެއް ނުވެއެވެ. ރަޙްމު ކުރެއްވުމުގައި މާލިކްގެފާނުގެ ކިބައިން މާތް ﷲ ވަނީ ނިގުޅުއްވަވައިފައެވެ.

ނިކަން ދުނިޔަވީ އުޞޫލަކުން ވިސްނައިލަބަލާށެވެ. ހިތުގައި އެއްވެސް ވަރަކަށް ރަހުމެއް ނެތް އަބަދު ރުޅި އައިސް ރަތްވެފައި ހުންނަ މީހެއްގެ ކިބައިން ތިބާއަށް ލިބޭނީ ކޮން އޯގާތެރިކަމެއް ހެއްޔެވެ؟ އެފަދަ މީހަކަށް ތިބާގެ އާދޭހުގެ އަޑު އިވޭނެހެއްޔެވެ؟ ކިތަންމެ ބާރަށް ރުއި ނަމަވެސް އެމީހަކަށް އެއްވެސް އަސަރެއް ކުރާނެ ހެއްޔެވެ؟

އެހެންކަމަށްވާއިރު އެމީހެއްގެ ކިބައިން ރަހްމާއި އޯގާތެރިކަން މާތް ﷲ އެކުގައި ގެންދަވާފައިވާ މީހަކު އަމަލުކުރާނެ ގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ.

ނަރަކައިގެ އަހުލުވެރިން ރޯ ރުއިމުގެ އަޑު އެތައް ހާސް މިލިއަން މޭލު ދުރަށް ހުންނާނެއެވެ. އެމީހުން ކުރާ އާދޭހުގެ އަޑުވެސް މެއެވެ. ނަމަވެސް މާލިކްގެފާނަށް އެއަޑުތައް ހަމަ އިވިވަޑައިގަންނަވާ ކަމަކަށްވެސް ނުވާނެއެވެ. މާނައަކީ އެއްެވެސް އިޖާބައެއް ނުދެއްވަވާނެ ކަމެވެ. އިޖާބަ ދެއްވުމުގެ ބާރުވެސް މާތް ﷲ މާލިކްގެފާނަށް ދެއްވަވާފައެއް ނުވެއެވެ. މާތް ﷲ ކުރެއްވެވި އަމުރުފުޅަކަށް މެނުވީއެވެ.

ލޮބުވެތިންނޭވެ. މިކަންކަމަށް ފުންކޮށް ވިސްނާށެވެ. ކިތަންމެ ގިނަ ވަގުތުތަކެއް ހޭދަކޮށް ކިތަންމެ މޮޅަށް ވިސްނައިގެން ފިޔަޖަހާފައި އުދުހެވޭގޮތް ވެސް މާތް ﷲ ގެ އިޒުނައާއިއެކު ހޯދިދާނެއެވެ. މިހާރުވެސް ފްލައިޓުތަކުގައި ހަމަ މި އުދުހެނީ ނޫންހެއްޔެވެ؟ އެކަމުން ލިބޭނީ ހަަމައެކަނި ދުނިޔަވީ ފައިދާއެކެވެ. ޢާޚިރަތް ދުވަހުގެ ސަލާމަތްކަން ލިބުން އޮތީ މިކަންކަމަށް ވިސްނައި ފިކުރުކޮށް ނަރަކައިން ސަލާމަތްވުމަށް މަސައްކަތްކުރި ވަރަކުންނެވެ.

- ޝައިޚް ބިލާލް އަސްއަދުގެ ދަރުސަކުން -
މިއަދު އޮންލައިން