ސަލާހުގެ ހަތަރު ލަނޑާއެކު ލިވަޕޫލަށް ލީގުގައި މުހިންމު މޮޅެއް

ކިޔުމަށް ހޭދަވާނީ 1މ 14ސ
ސަލާހުގެ ހަތަރު ލަނޑާއެކު ލިވަޕޫލަށް ލީގުގައި މުހިންމު މޮޅެއް


އިނގިރޭސި ޕްރެމިއާ ލީގުގައި ލިވަޕޫލާއި ވެޓްފޯޑް ބައްދަލުކުރި މެޗުގައި ލިވަޕޫލްގެ މުހައްމަދު ސަލާހުގެ ހަތަރު ލަނޑާއެކު ލިވަޕޫލް މެޗު މޮޅުވެއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލް މޮޅުވީ 0-5 ގެ ނަތީޖާއިންނެވެ. މި މެޗުގައި ލިވަޕޫލް ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔާބުކޮށްފައިވަނީ މުހައްމަދު ސަލާހެވެ. ލިވަޕޫލްގެ އަނެއް ލަނޑު ކާމިޔާބުކޮށްފައިވަނީ ރޮބާޓޯ ފަމީނިއޯއެވެ.

މިދިޔަ ހޫނު މޫސުމުގެ ބާޒާރުގައި އިޓަލީގެ ރޯމާއިން ލިވަޕޫލަށް ބަދަލުވި ސަލާހުގެ ފަރާތުން އަންނަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން އިނގިރޭސި ލީގުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކީ ވެސް ސަލާހެވެ. ސަލާހު ވަނީ މިހާތަނަށް އިނގިރޭސި ލީގުގައި 28 ލަނޑު ކާމިޔާބުކޮށްފައެވެ. އިނގިރޭސި ލީގުގެ ލަނޑު ލިސްޓުގައި ސަލާހާ އެންމެ ގާތުން އުޅެނީ ޓޮޓެންހަމްގެ ޓޮޕް ސްޓައިކަރު ހެރީ ކޭންއެވެ. ކޭން ވަނީ މިހާތަނަށް ލީގުގައި 24 ލަނޑު ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ލީގުގައި ރޭ ކުޅުމަށް ތާވަލުކޮށްފައިވާ ގިނަ މެޗުތަކެއް ވަނީ ރޭ ނުކުޅެ ފަސްކޮށްފައެވެ. ފަސްކުރި މެޗުތަކުގެ ތެރޭގައި ހިމެނެނީ، ޓޮޓެންހަމްއާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރާ މެޗު، ބާންލީއާއި ޗެލްސީ މެޗު، ލެސްޓާ ސިޓީއާއި އާސެނަލް މެޗު، ސްވެންސީ ސިޓީއާއި ސައުތެމްޓަން މެޗު، ވެސްޓްހާމްއާއި މެންޗެސްޓާ ޔުނައިޓެޑް މެޗު، އަދި މެންޗެސްޓާ ސިޓީއާއި ބްރައިޓަން މެޗެވެ.
މިއަދު އޮންލައިން