ޓޮޓެންހަމްއާއި މެންޗެސްޓާ ޔުނައިޓެޑް އިނގިރޭސި އެފްއޭ ކަޕް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
އެފްއޭ ކަޕް މުބާރާތުގެ ސެމީއަށް ޓޮޓެންހަމް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ސްވެންސީ ސިޓީއާ ވާދަކޮށްގެންނެވެ. މި މެޗުން ޓޮޓެންހަމް މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަނެއް ލަނޑު ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ އެރިކް ލަމެލާއެވެ.
މުބާރާތުގެ ސެމީއަށް ޔުނައިޓެޑް ދަތުރުކުރީ ކުއާޓާގައި 0-2 ގެ ނަތީޖާއިން ބްރައިޓަން ބަލިކޮށްގެންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއާއި، ނެމަންޖާ މަޓިޗްއެވެ.
މުބާރާތުގެ ކުއާޓާގައި މިރޭ ވިގަންއާ ދެކޮޅަށް ސައުތެމްޓަން ނުކުންނައިރު، ޗެލްސީ ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.