މިއަހަރުގެ ރަމަޟާން މަސް ފެށެން ދާދި ގާތްވެއްޖެއެވެ. މިއަހަރުގެ ރަމަޟާން މަހުގެ 1 ވަނަ ދުވަހުގެ ގޮތުގައި ކަލަންޑަރުގައި އޮތީ އަންނަ މެއިމަހުގެ 16 ވަނަ ދުވަހެވެ. އެހެންކަމުން ކައުންޓް ޑައުން އެއްގެ ގޮތުގައި 60 ދުވަހުން ފަށައިފިނަމަ ވެސް 2 ދުވަސް މިހާރު ވަނީ ފާއިތުވެ 58 ދުވަހަށް ކައިރިވެފައެވެ.
ގޭގެ ފަރުނީޗަރު އައު ކުރުމާއި ކުލަލުމާއި ތަށިތެލި އައުކުރުމަކީ ރަމަޟާން މަހަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. ފައިދާ ކުރާނީ އެމަހުގައި ހެޔޮ އަމަލުތައް ކުރިވަރަކުންނެވެ. އެހެންކަމުން އޮތީ އަޅުކަމަށް ތައްޔާރުވުމެވެ.
ހެޔޮ ގޮތުގައި ނަމާދުކުރަން ބޭނުންނަމަ ނަމާދުގައި ކިޔާތަކެތީގެ މާނަ ދަސްކުރަން އެބަޖެހެއެވެ. އެހެންކަމުން އެކަމަށް މިހާރުން ފެށިގެންވެސް މަސައްކަތް ފަށަން އެބަޖެހެއެވެ. ފަސޭހަކަމާއިއެކު ކީރިތި ޤްރްއާން ކިޔެވޭނީ ފަރިތަކޮށްގެންނެވެ. މިހާރުންފެށިގެން ވެސް ކީރިތި ޤްރްއާން ކިޔެވުން އިތުރުކުރަން އެބަޖެހެއެވެ.
ރަމަޟާންމަހުގެ އެންމެ މުުހިންމު އަޅުކަމަކީ ދަމު ނަމާދެވެ. މިހާރުންސުރެ ދަންވަރު ހޭލައި އެންމެ ދެރަކްޢަތް ނަމަވެސް ކުރަން އާދަކުރަން އެބަޖެހެއެވެ. ހަމައެއާއިއެކު މަޣްރިބް ނަމާދާއި އިޝާ ނަމާދު ޖަމާއަތުގައި ކުރަން އާދަކުރަން މަސައްކަތް ފަށަން އެބަޖެހެއެވެ. ތަރާވީސް ނަމާދަށް ތައްޔާރުވެވޭނީ އެއިރުންނެވެ.
My dear brothers and sisters, time passes by so quickly that #Ramadan is almost here again. Be prepared when the month arrives. You cannot seek fruits first; plant your seed now, the fruits shall come later. pic.twitter.com/eENvgvebME
— Islamic Tweets (@IslamicTwee7s) March 18, 2018