ކިތަންމެ ބޮޑު ފާފަވެރިއެއް ނަމަވެސް ކީރިތި ޤްރްއާނުގެ ތެރެއަށް ވަދެވިއްޖެނަމަ ސާފު ސީދާ މަގު ފެންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކިތަންމެ ބޮޑު ފާފަވެރިއެއް ނަމަވެސް ކީރިތި ޤްރްއާނުގެ ތެރެއަށް ވަދެވިއްޖެނަމަ ސާފު ސީދާ މަގު ފެންނާނެ!
ތިބާއަކީ ކިތަންމެ ނުބައި އަމަލުތަކެއް ކުރެވިފައިވާ މީހެއް ނަމަވެސް އަދި މިހާރު ކުރަމުންދާ މީހެއް ނަމަވެސް ކީރިތި ޤްރްއާނުގެ ތެރެއަށް ވަންނާށެވެ.

މާނައަކީ ކީރިތި ޤްރްއާން އުނގެނޭށެވެ. ކީރިތި ޤްރްއާނުގެ އާޔަތްތަކުގައި ބުނެފައިވާ އެއްޗެއް ދަސްކުރާށެވެ. ތިބާ އެންމެ ކަންބޮޑުވާ އާޔަތްތަކުގެ ތަފްސީރު ދަސްކުރާށެވެ. އިލްމުވެރިންގެ ގުޅުންހުރި ބަސްފުޅުތައްވެސް މުރާޖަޢާ ކުރާށެވެ.

ދާދިއަވަހަށް ދިބާއަށް ހައްޤުމަގު އެނގިގެންދާނެއެވެ. އެކަންކަން ތިބާއެނގި ޤަބޫލުކުރެވުމުން "އޮޓޮމެޓިކުން" ދާނީ ތިބާގެ އަމަލުތައް އިޞްލާޙްވަމުންނެވެ. ހައްޤު މަގުގައި ތިބާގެ ފައިތިލަ ސާބިތުވެގެންދާނެއެވެ.

އެހިސާބުން ހައްޤު މަގުން އެއްކިބާވާން ތިބާ ބޭނުމެއް ނުވާނެއެވެ. އަބަދުވެސް ބޭނުންވާނީ އިތުރަށް ސާބިތުވުމަށެވެ. އާޚިރުގައި ކީރިތި ޤްރްއާނާއި ޚިލާފަށް އެއްވެސް ކަމެއް ކުރަން ތިބާ ބޭނުމެއް ނުވާނެއެވެ. އަދި ކިއެއްތަ ތިބާއަކީ ކީތި ޤްރްއާން މަތިވެރިކުރަން މަސައްކަތްކުރާ މީހަކަށް ބަދަލުވެގެންދާނެއެވެ.

ކީރިތި ޤްރްއާނަކީ ދެ ދުނިޔޭގެ ބާއްޖެވެރިކަމުގެ ތަޅުދަނޑިއެވެ. ކީރިތި ޤްރްއާން ކިޔެވުމަށާއި މާނަ ދަސްކުރަން މަސައްކަތްކުރުމަށް މީސްތަކުންނަށް އަމުރުފުޅު ކުރައްވަވާފައިވަނީ މާތް ﷲ އެވެ.
މިއަދު އޮންލައިން