ނިދީން ހޭލެވުމުން ﷲ އަށް ޙަމްދުކުރަންތަ؟ ދުވަސް ފަށަންވީ މަސައްކަތަކުންނޫން - ދުޢާ އާ ނަމާދުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ނިދީން ހޭލެވުމުން ﷲ އަށް ޙަމްދުކުރަންތަ؟ ދުވަސް ފަށަންވީ މަސައްކަތަކުންނޫން - ދުޢާ އާ ނަމާދުން!
ނިދީން ހޭލެވެމުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް މިހާރު އާދަވެފައިވަނީ އަވަސް އަވަހަށް އޮފީހަށް ދިއުމަށެވެ. ނުވަތަ މަސައްކަތު ދިއުމަށެވެ.

މިއީ ކަން އޮތް ގޮތެއް ނޫނެވެ. ނިދީން ހޭލެވުމުން އަމަލުކުރަންވީ ގޮތް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ދަސްކޮށްދެއްވައިފައެވެ. އެހެންކަމުން އަމަލުކުރަންޖެހޭނީ ސުންނަތަށެވެ.

ނިދީން ހޭލެވުމާއިއެކު ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ މާތް ﷲ އަށް ޙަމްދުކޮށް ދުޢާ ކުރުމަށެވެ. ނިދީގައި މީހާ އޮންނަނީ މަރުވެފައިވާ ފަދައިންނެވެ. އަލުން ދިރުން ދެއްވެވިކަންމައްޗަށެވެ. ޝުކުރުވެރިވުމުގެ ގޮތުންނެވެ.

ނިދީން ހޭލަންޖެހޭނީ މަސައްކަތު ދާ ގަޑިއަކަށް ނޫނެވެ. ނިދީން ހޭލަންޖެހޭނީ ފަތިސް ނަމާދަށެވެ. ދުވަސް ފަށަންވާނީ ފަތިސް ނަމާދުންނެވެ. ކީރިތި ޤްރްއާނުން ކޮންމެވެސް މިންވަރެއް ކިޔެވުމުންނެވެ. އެންމެ ރަނގަޅު ގޮތަކީ ފަތިސް ނަމާދުގެ ވަގުތުގެ ކުރިން ހޭލައި ދަމު ނަމާދުވެސް ކުރުމެވެ.

މިއީ ބެލެނިވެރިން ވަރަށް ފުންކޮށް ވިސްނަންޖެހިފައިވާ ކަމެކެވެ. ޚާއްޞަކޮށް ބެލެނިވެރިން ސަމާލުކަންދޭން ޖެހިފައިވާ ކަމެކެވެ. އެހެނީ ދަރިންނަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސުންނަތާއި އެއް ގޮތަށް، އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ބެލެނިވެރިންގެ ކިބައިގައި އޮތް ވަރަށް ބޮޑު މަސްއޫލއިއްޔަތެކެވެ. ފެއިލްވެއްޖެނަމަ ޤިޔާމަތް ދުވަހު އެކަމުގެ ޒިންމާ އުފުލަންޖެހޭނެތީއެވެ. ް މާފުށީ ޖަލަށް ބަދަލުކުރާނެ ކަމަށެވެ.
މިއަދު އޮންލައިން