ކީރިތި ޤުރްއާނަކީ ހުރިހާ ހިތާމަތަކަށް ހުރި ޝިފާއެއް- މުފްތީ މެންކް

ކިޔުމަށް ހޭދަވާނީ 1މ 33ސ
ކީރިތި ޤުރްއާނަކީ ހުރިހާ ހިތާމަތަކަށް ހުރި ޝިފާއެއް- މުފްތީ މެންކް
މައްޝޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކު އޭނާގެ ދަރުހެއްގައި ވިދާޅުވެފައިވެއެވެ.

"ދެރަވުމުން ނުވަތަ ހިތާމައެއް ދިމާވުމުން އެކަން އިނގެނީ ކިހިނެއް ހެއްޔެވެ؟ ބައެއް މީހުން ދެރަވުމުން، އެމީހުންގެ މޭމަތީގައި އަތް އަޅާފައި، ތިމަންނާ މިހުރީ ވަރަށް ދެރަވެފައޭ ބުނާނެއެވެ. ދެރަވާކަން އެނގެނީމެއިން ހެއްޔެވެ؟ އެހެނެއް ނޫނެވެ.

ދެރަވުމަކީ ތިމާއަށް ކުރެވޭ އިހުސާސެކެވެ. ދެރަވުމުން ނުވަތަ އެހިތާމައެއް ކުރިމަތިވުމުން، އެހިތާމައިން އަރައިގަނެވޭނީ ކިހިނެއްކަން އިނގޭ ހެއްޔެވެ؟ އެންމެ ފަސޭހައިން ތިމާއަށް ހިތާމަތަކުން އަރައިގަނެވޭނީ ނުވަތަ ދެރަވެފައި ހުރުމުން ހިތައް ލުޔެއް ލިބި ހިތްހަމަ ޖެހޭނީ، މާތް ﷲ ގެ ވަހީ ބަސްފުޅު ހިމެނިގެންވާ އެންމެ މަތިވެރި ފޮތް ކަމުގައިވާ ކީރިތި ޤުރްއާން ކިޔެވުމުންނެވެ. އެފޮތަކީ ހުރިހާ ހިތާމަތަކަކަށް ވެސް ހުރި ޝިފާއެކެވެ.

ހިތާމަތަކުން އަރައިގަންނަން ބޭނުންވި ކަމުގައި ވިޔަސް، އަހަރުމެންގެ ތެރެއިން ކީރިތި ޤުރްއާން ކިޔަވަން ވަގުތުކޮޅެއް ހުސްކޮށްލަނީ ކިތައް މީހުން ހެއްޔެވެ؟

އުފަލާއި ހިތްވަރާއި ފަޚުރާއިއެކު ޤުރްއާން ކިޔަވަން، އަމިއްލަ ދިރިއުޅުމުން ވަގުތުކޮޅެއް ނަގާބަލާށެވެ. އެއީ ހަމައެކަނި ހެނދުނުގެ ވަގުތުގައި ވިޔަސް، ނުވަތަ ގެއިން ނިކުތުމުގެ ކުރިން ވިޔަސް، މާތް ﷲ ގެ ވަޙީ ބަސްފުޅު ކިޔަވާ މީހަކަށް ހަމަ ޔަގީނުންވެސް އެކަމުން މަންފާ ކުރާނެއެވެ. ސަވާބާއި ދަރުމަ ލިބޭނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުން، ހިތާމަތަކުން ދުރުވުމުގެ އިތުރުން، ގިނަގިނައިން ޤުރްއާން ކިޔަވައިފިނަމަ ތިމާ އަމިއްލައަށް ދުވަހުން ދުވަހަކަށް ޤުރްއާން ކިޔެވުން ރީތިވެސް ކުރާނެއެވެ. އެގޮތުން މަޚްރަޖަށް ކިޔަވަން ވެސް ދަސްވާނެއެވެ. މަޚްރަޖު ނުގެއްލޭގޮތަށް ރީތި ރާގެއްގައި ވެސް ކިޔަވަން ދަސްވާނެއެވެ.

ދެ ގޮތަކަށް ކީރިތި ޤުރްއާން ކިޔެވޭކަން އެނގޭ ހެއްޔެވެ؟ އެއްގޮތަކީ ފޮތެއް ކިޔާހެން ކިޔެވުމެވެ. އަނެއް ގޮތަކީ ރީތިކޮށް މަޚްރަޖަށް ކިޔެވުމެވެ. އެހެންކަމުން ކީރިތި ޤުރްއާން ކިޔަވާށެވެ. އެކަމަށް ލަދު ނުގަންނާށެވެ.


މިއަދު އޮންލައިން